ރާއްޖޭގެ ޚަބަރު ދަރުސް 'ޢަލީ رضي الله عنه ގެ ޙަޔާތްޕުޅު' މިރޭ

ދަރުސް 'ޢަލީ رضي الله عنه ގެ ޙަޔާތްޕުޅު' މިރޭ

ދަރުސް 'ޢަލީ رضي الله عنه ގެ ޙަޔާތްޕުޅު' މިރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢަދާލަތު ޕާޓީގެ ފަރާތުން އިންތިޒާމުކޮށްގެން ކޮންމެ އާދިއްތަ ދުވަހުގެ ރޭ ކުރިއަށްގެންދާ ދަރުސް ޕްރޮގުރާމްގެ ތެރެއިން 'ޢަލީ رضي الله عنهގެ ޙަޔާތްޕުޅު' މިރޭ އޮންނާނެއެވެ.

އައްޝައިޚް ޢަބްދުލް ޙާދީ ޙުސައިން ދެއްވުމަށް ހަމަޖހިފައިވާ މިދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:45 ގައި ޢަދާލަތު ފެންޑާގައެވެ.

ޢަދާލަތު ޕާޓީގެ ޒުވާނުންގެ މަޖީލީހުގެ އޮފިޝަލެއް ދިއިސްޅާމަށް ވިދާޅުވީ މިދަރުސަކީ އެމަޖިލީހުގެ ފަރާތުން ކުރިއަށްގެންދާ 'އެންމެ ފުރަތަމަ ޖީލު' ސިލްސިލާގެ ދަށުން ކުރިއަށްގެންދާ ދަރުސެކެވެ.

މިދަރުސަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަށް ޢަދާލަތު ޒުވާނުންގެ މަޖިލީހުން އެދިލައްވައެވެ.

މިދަރުސް ދިއިސްލާމް ލައިވްއިން ވަގުތުން ދުރަށް ފޮނުވާ ގޮތަށްވަނީ ހަމަޖެހިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.