"ކޮފީ ވިތް ޝެއިޚް" ގެ ނަމުގައި މުޅިން އާ ހަރަކާތެއް ފަށައިފިއެވެ.
"ކޮފީ ވިތް ޝެއިޚް" ގެ ނަމުގައި މިހަރަކާތް ކުރިއަށް ގެންދަނީ އަސްރު ހަރަކާތުގެ ފަރާތުންނެވެ. އަސްރު ގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ދިއިސްލާމްއަށް ހާމަކުރި ގޮތުގައި "އަސްރު"ގެ ފަރާތުން ޒުވާނުންނާއި އެކު ކޮފީ އަކުން ޝެއިޚް އަކާއި ބައްދަލުވެ އެޒުވާނުންގެ ސުވާލުތަކަށް ތަފާތު މާހައުލަކުން ޖަވާބު ލިބިގެންދާނެކަމަށެވެ.
"ޢިލްމުވެރިންނާއި ސުވާލުކޮށް ދީނީ ކަންކަން އޮޅުން ފިލުވަން ބޭނުންވާ ޒުވާނުން ގިނަވެފައި އިލްމުވެރިނާއި އެކުދިން ބައްދަލު ކުރަން ބޭނުންވެ އެކަން އެހާ ފަސޭހައިން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މިކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ"ކަމަށް އަސްރުގެ އޮފިޝަލަކު ހާމަކުރިއެވެ. އަދި މިކަމަކީ ކުރިންވެސް ކުރަމުން އައި ކަމެއް ކަމަށާއި މިއީ ރަސްމީ ސިފައެއްގައި މިކަން ފެށުނު ފަހަރު" ކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.
"ކޮފީ ވިތް ޝެއިޚް" މިހަރަކާތުގައި ފުރަތަމަ ކުރިއަށް ދިޔައީ ޝެއިޚް އާދަމް ޝަމީމް އާއެކު ކަމަށާއި އެކަމަށް އޮތް ތަރުހީބު ވަރަށް ރަނގަޅު ކަމަށްވެސް މިހަރަކާތް އިންތިޒާމް ކުރާ ފަރާތުން ހާމަކުރެއެވެ.
މިހަރަކާތުގައި ބައިވެރިވެވޭނީ ކިހިނެއްތޯ ދިއިސްލާމްއިން ސުވާލު ކުރުން އެފަރާތުން ވިދާޅުވީ "އަސްރު ޕޭޖް މެސެޖް ކުރުމުން އެކަން ހަމަޖެހޭނެ އިންޝާﷲ. އެކަމަށް އެދޭ ކުދިންނަށް ޝެއިޚް ގެ ވަގުތު ހުންނަ ގޮތަށް ބަލާފަ ވަގުތު ކަނޑައަޅައިގެން ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ." ކަމަށެވެ.
ލިންކް: އަސްރު ފޭސްބުކް ޕޭޖް
ކޮމެންޓް (0)
ލޯޑް ކުރަމުން...