ދުނިޔެ އަޤުޞާއަށް ވަނުމަށް މަސައްކަތް ކުރުމުން ކުޑަކުދިން ހިމެނޭގޮތަށް ފަލަސްޠީނުގެ 7 މީހަކަށް ޙަމަލާ ދީފި

އަޤުޞާއަށް ވަނުމަށް މަސައްކަތް ކުރުމުން ކުޑަކުދިން ހިމެނޭގޮތަށް ފަލަސްޠީނުގެ 7 މީހަކަށް ޙަމަލާ ދީފި

އަޤުޞާއަށް ވަނުމަށް މަސައްކަތް ކުރުމުން ކުޑަކުދިން ހިމެނޭގޮތަށް ފަލަސްޠީނުގެ 7 މީހަކަށް ޙަމަލާ ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަދު ހެނދުނު އަލްޤުދުޞްގައި ހުންނަ މުސްލިމުންގެ ތިން ވަނަ ޙަރަމް އަލްމަސްޖިދިލް އަޤުޞާއަށް ވަންނަން މަސައްކަތްކުރުމުން ކުޑަކުދިން ހިމެނޭގޮތަށް ފަލަސްޠީނުގެ ހަތް މީހަކަށް އިސްރާއިލުން ޙަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކާ ހަވާލާދީ އަނަޑަލޫ ނިއުސް އެޖެންސީއިން ބުނީ މިސްކިތަށް އަޅުކަން ކުރަން ވަތް ބައެއް މީހުންނަށަށާއި ޤުރުއާން ކިޔެވުމަށް ވަން ކުޑަ ކުދިންނަށް ޖިސްމާނީ ގޮތުން ޙަމަލާ ދީފައިވާ ކަމަށެވެ.

މިޙަމަލާތަކުގައި ޒަހަމްވި ކުޑަކުދިންނަށާއި އާންމުގެ މީހުންނަށް އެސްފެކްސިއެޜަން ނުވަތަ ނޭވާލާން އުނދަގޫވެ ހާސްވެ، އަދި ބައެއް ފަރާތްކުގެ ހަށިގަނޑުގައި ޖެހުމުގެ ސަބަބުން ހަށިގަނޑުގެ ބައެއް ތަންތަން ރަތް ވެފައިވާކަމަށް އަނަޑަލޫ އެޖެންސީއިން ބުނެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން އިސްރާއީލްގެ އަސްކަރިއްޔާއިން ވަނީ އަލް އަޤުޞާ ހިމެނޭ ސަރަހައްދު ބަންދުކޮށްފައެވެ. އެގޮތުން 50 އަހަރުން މަތީގެ މުސްކުޅިންނަށް މެނުވީ މިސްކިތަށް ނުވަދެވޭނެހެން އިސްރާއީލުން ދަނީ ބަލާފާސްކޮށް ފޯރި މަރަމުންނެވެ.

އިސްރާއިލްގެ އަސްކަރިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަލްއަޤުޞާ މިސްކިތައް ވަނުމަށް މަސައްކަތް ކުރި 24 މީހަކު އިސްރާއިލް ސިފައިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިހަފުތާގައި އަލް ޤުދުޞްގެ މަސްރަހު ވަނީ ހޫނުވެފައެވެ. އެގޮތުން ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ދީނީ ޖަމާޢަތަކުން ވަނީ އެމީހުންގެ ސަޕޯޓަރުންނަށް އަލްއަޤުޞާ ސަރަހަދަށް ވަދެ ގަތުމަށް ގޮވާލަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.