"ކުރިއަށް އޮތްތަނުގައި ސިޔާސީ ވަކި ޕްލޭނެއް އަދި ނެތް" ކަމަށް ތުރުކީ ވިލާތުގެ ރައީސް ޢަބްދުﷲ ޤުލު ވިދާޅުވެއްޖެއެވެ.
ޤުލް މިހެން ވިދާޅުވީ އޯގަސްޓު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ތުރުކީގެ ރިޔާސީ އިންތިޚާބުގައި ތުރުކީގެ މިހާރުގެ ބޮޑު ވަޒީރު ރަޖަބް ޠައްޔިބު ޢުރުދުޣާން ރައީސްކަމުގެ މަޤާމަށް ވާދަކޮށް، ޤުލް ބޮޑުވަޒީރުކަމުގެ މަޤަމަށް ވާދަކުރުމަށް ވާހަކަތެއް ދެކެވިފައިވަނިކޮށެވެ.
ކުތާޔާ ސްޓޭޓު ގައި ވާހަކަ ދައްކަވަމުން ޤުލް ވިދާޅުވީ ކޮންމެ ސަރުކާރެއްގައިވެސް އޭނާ ކޮންމެ މަޤާމެއްވެސް ފުރަނީ ވީއެންމެ ރަނގަޅަކަށް އިޚްލާޞްތެރިކަމާއެކު ކަމަށެވެ. ނަމަވެސް އަދި ސިޔާސީ ކުރިމަގުގައި ވަކި ޕްލޭނެއް ނެތް ކަމަށެވެ.
ޤުލް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ގުޅިގެން މަޝްވަރާ ކުރުމަށް ބޮޑުވަޒީރު ޢުރުދުޣާންއާއި ބައްދަލު ކުރައްވާނެކަމަށެވެ.
"އަޅުގަނޑަށް ޤަބޫލެއް ނުކުރެވޭ މީ ޑިމޮކުރަސީގެ ޓާމުގައި އޮންނަ ގޮތެއް ކަމަކަށް" ޢުރުދުޣާންއާއި ޤުލްގެ މަޤާމު ބަދަލު ކުރުމާ ގުޅޭގޮތުން، ޤުލް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވާނަންތޯ އެއްސެވުމުން ޤުލް ވިދާޅުވީ އެވާހަކަ ދައްކަން އޭނާ އެކަނި ބޭނުން ނުވާކަމަށާއި، އޭނާ ވާދަކުރައްވަނީ ޕާޓީއެއްގެ ކެނޑިޑޭޓެއްގެ ގޮތުގައިކަމަށްވުމުން އެކަން ނިންމާނީ ޕާޓީއިން ކަމަށެވެ.
ޤުލް އިތުރަށް ވިދާޅުވީ އެކަމަބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި އޭނާ ޕާޓީއާއި ބައްދަލުކުރައްވާނެ ކަމަށެވެ.
ޕަޓީގެ ޕްރޮންވިންސްތަކުގެ ޗެއާމަނުންނާއެކު ބޭއްވި ބައްދަލުވުމުގައި ޢުރުދުޣާން ވިދާޅުވީ އޭނާ ގޮތެއް ނިންމަވާނީ ރައީސް ޤުލްއާ މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...