މިރޭ އެމްޕީއެލް ސަރަހައްދުގައި ބޯއްޓަކަށް ކޮންޓެއިނަރ ތަކެއް އަރުވަނިކޮށް ކެރޭނުގައި ކެންޓެއިނަރ މައްޗަށް ނަގާފައިވަނިކޮށް ވާގަނޑު ކަނޑައިގެން ކޮންޓެއިނަރ ވެއްޓުމުގެ ސަބަބުން އެމަސައްކަތުގައި އުޅުނު ދެމީހަކު މަރުވެއްޖެއެވެ.
މިހާދިސާގައި މަރުވެފައިވަނީ މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ޗާންދަނީގޭ މުޙައްމަދު ނާޝިދުއާއި މ. ޕެރިސްވިލާ އިބްރާހިމް ޝަރީފެވެ.
އެމްއެންޑީއެފްއިން ބުނީ މިދެމީހުންގެ ތެރެއިން މުޙައްމަދު ނާޝިދު މަރުވެފައިވަނީ އެހަދިސާ ހިނގާ ދިޔަ ވަގުތުކަމަށާއި އިބްރާހިމް ޝަރީފު މަރުވެފައިވަނީ އައިޖީއެމްއެހްގެ އިމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
މިހާދިސާ ހިނގީ ބޯއްޓުގައި ހުންނަ ކެރޭނުން އެމްޕީއެލް ސަރަހައްދުގައި ހުރި ކެންޓޭނަރުތައް ބޯއްޓަށް އަރުވަނިކޮށް، ކޮންޓެއިނަރ އެރުވުމަށްޓަކައި ކެރޭނުން މައްޗަށް ހިއްލާފައިވަނިކޮށް ކެރޭންގެ ދަގަނޑު ވަޔަރު ކަނޑައިގެން ގޮސް ކޮންޓެއިނަރުގެ މެދުގައި ކޮންޓެއިނަރު ހިފެހެއްޓުމަށް ހުންނަ ބޮޑު ދަގަނޑު ބުރެއް ވިއްސައިގެން ގޮސް ޖެހިގެން ކަމަށްވެއެވެ.
މަންޒަރު ދުށް ބައެއް ފަރާތްތަކުން ދިއިސްލާމަށް މަޢުލޫމާތު ދެމުން ބުނީ ހާދިސާ ހިނގި ވަގުތު މަރުވި މުޙައްމަދު ނާޝިދުގެ ހަށިގަނޑު ބައެއް އޮތީ ވަރަށް ބޮޑަށް ޗިޗިސްވެފައިކަމަށެވެ. އެގޮތުން ނާށިގަނޑު އިރައިގެންގޮސް ސިކުނޑި ބޭރަށް ނިކުމެފައިވާކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...