"ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން ގިނަ މައްސަލަތަކެއް ހުރި" ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ބިލް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވިއިރު އެބިލް ފާސްކުރުމާ ދެކޮޅަށް ވޯޓުދެއްވި ހަމައެކަނި މެންބަރަކީ ފަރަސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްޠަލިބެވެ.
އެބިލް ފާސްކުރަން ނުފެންނަކަމަށް މުއްޠަލިބު ވޯޓު ދެއްވިއިރު، އެބިލް ފާސްކުރުމަށް 48 މެންބަރުން ވޯޓު ދެއްވާފައިވެއެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ ތިން މެންބަރުން ތިއްބެވިއެވެ.
މިބިލް ފާސްކޮށްފައިވާނީ ކުރިންވެސް މިބިލް އެކުލަވާލާފައިވާ ގޮތަށެވެ.
މިބިލް ދިރާސާ ކުރެއްވި ވަގުތީ ކޮމިޓީގެ މުޤައްރިރު ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ ބައެއް މީޑިއާތަކުގައި ވިދާޅުވެފައިވަނީ މިބިލަށް އިސްލާހު ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ހުށަހަޅާފައިވަނީ އެންމެ އިސްލަހެއް ކަމަށެވެ.
އެއީ ޤާނޫނުލްޢުޤޫބާތުގެ ބިލްގައި ބަޔާންކޮށްފައި ނެތް ކުށެއް ކޮށްފި ނަމަ، އެ ކުށަށް ޤާނޫނުލްޢުޤޫބާތުގެ ދަށުން އަދަބު ނުދިނުން ކަމަށް ހަމްޒާ ވިދާޅުވިއެވެ.
މިބިލް މަޖިލީހުން ފާސްކޮށްފައިވާއިރު ދިވެހިރާއްޖޭގެ ފިޤުހު އެކަޑަމީއިންނާ ބައެއް ދީނީ ޢިލުމްވެރިންނާ ޤަނޫނީ ފަރާތްތަތަކުންވަނީ މިބިލްގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރިކަމަށް ފާހަގަކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...