ތުރުކީގެ އިސްލާމީ ސިޔާސީ ޕާޓީގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ ވެރިކަންކުރާ ޖަސްޓިސް އެންޑު ޑިވްލޮޕްމެންޓު ޕާޓީއަށް އެޤައުމުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ލިބުނު ކާމިޔަބަކީ މުޅި އިސްލާމީ ދުނިޔެއަށް ލިބުނު ކާމިޔާބެއްކަމަށް ޢަދާލަތު ޕަޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް ޢިމްރާން މިހެންވިދާޅުވީ ތުރުކީގެ ލޯކަލް ކައުންސިލް އިންތިޚާބުގައި 45.53 އިންސައްތަ ހޯދައިގެން ޖަސްޓިސް އެންޑު ޑިވްލޮޕްމެންޓު ޕާޓީއިން ހޯދި ކާމިޔާބަށްފަހު ފޭސްބުކުގައި އާންމުކުރި ކުރު ސްޓޭޓުމެންޓެއްގައެވެ.
ޖަސްޓިސް އެންޑު ޑިވްލޮޕްމެންޓު ޕާޓީއިން 45.53 އިންސައްތަ ހޯދާފައިވާއިރު އިދިކޮޅު އެންމެ ބޮޑު ޕާޓީ ރިޕަބްލިކަން ޕީޕަލްސް ޕާޓީއަށް ލިބިފައިވަނީ 27.88 އިންސައްތައެވެ.
ޖަސްޓިސް އެންޑު ޑިވްލޮޕްމެންޓު ޕާޓީގެ މިކާމިޔާބަށް މަރުޙަބާ ދެންނެވުމުގެ ގޮތުން އިސްލާމީ ދުނިޔޭގެ އެކިފެންވަރުގެ ވެރިންވަނީ އެޕާޓީއަށް މަރުޙަބާކިޔާފައެވެ. އަދި ބައެއް ޤައުމުތަކުގައި އުފާފާޅުކުރުމުގެ ޙަރަކާތްތައްވެސްވަނީ ކުރިއަށް ގެންގޮސްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...