ރާއްޖޭގެ ޚަބަރު ޢަދާލަތު ޕާޓީން މިއަހަރު ރަމްޟާން މަހު 50 ޙާފިޡުން ގެންނަނީ

ޢަދާލަތު ޕާޓީން މިއަހަރު ރަމްޟާން މަހު 50 ޙާފިޡުން ގެންނަނީ

ޢަދާލަތު ޕާޓީން މިއަހަރު ރަމްޟާން މަހު 50 ޙާފިޡުން ގެންނަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރު ރަމްޟާން މަހުވެސް ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ތަރާވިސް ކުރުމަށާއި ޙިފުޡްކުރުމަށް ރާއްޖެއިން ބޭރުން 50 ހާފިޡުން ގެނައުމަށް ހަމަޖެހިފައިވާކަމަށް ޢަދާލަތު ޕާޓީއިން ބުނެފިއެވެ.

އެޕާޓީއިން އިއްޔެ ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ޙާފިޡުން ރާއްޖެ ގެނައުމާއި އަނބުރާ ފޮނުވުމާއި މާލޭގައި މަޑުކުރައްވަން ޖެހޭ ވަގުތުގައި އަދި ރަށްރަށަށް ފޮނުވުމާއި ރަމްޟާންމަސް ނިންމައި އަނބުރާ މާލެ ގެނެސް މާލޭގައި މަޑުކުރައްވަން ޖެހޭ މުއްދަތުގައި ހިނގާނެ ޚަރަދާއެކު މިއަރު ފައިސާ ނެގުމަށް ހަމަޖެހިފައި  15000 ޑޮލަރު ކަމަށާއި ދިވެހި ރުފިޔާއިންނަމަ 25،500 ރުފިޔާ ކަމަށެވެ.

ޙާފިޡުން ގެނައުމަށް ބޭނުންވާ ރަށްރަށުން އޭޕްރީލް މަހުގެ 24 ގެ ކުރިން ޢަދާލަތު ޕާޓީ އޮފީހަށް ފައިސާ ދެއްކުމަށް އެޕަޓީއިން ނެރެފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

އެޕާޓީއިން ބުނީ މިއަހަރު ހާފިޡުން ގެނައުމަށް އެޕާޓީގެ ވަފުދަކުން އިންޑިއާއަށްގޮސް ހާފިޡުން އިމްތިހާނުކޮށް އިންޓަވިއުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއީ އެޕާޓީއިން ޙާފިޡުން ގެންނަ ހަ ވަނަ އަހަރެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.