18 ވަނަ ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބަށް ޢަދާލަތުޕާޓީގެ ފަރާތުން ކުޑަހުވަދޫ ދާއިރާއަށް ކުރިމަތިލެއްވި ޙަސަން ރަޝީދު ނަންއަބުރާ ނެންގެވީ 1.7 މިލިޔަން ރުފިޔާގެ ރިޝްވަތު ހިއްޕަވައިގެން ކަމުގައި ބުނެ ކެމްޕޭނު ތެރޭގައި އާންމުކުރި ޗެކްގެ މައްސަލަ ބަލައި ދިނުމަށް ޕުލުސް އޮފީހަށް ހުށަހެޅި މައްސަލައިގެ ތަފުސީލު ޙަސަން ރަޝީދު މީޑިއާއާއި ހިއްސާ ކުރައްވައިފިއެވެ.
ފުލުސް އޮފީހަށް ހުށަހެޅި މައްސަލައިގެ ތަފުސީލު ދިއިސްލާމާ ހިއްސާކުރަމުން ޙަސަން ވިދާޅުވީ ސަން ޓުރެވަލްގެ އެކައުންޓުން 1.7 މިލިއަން ރުފިޔާ، އޭނާ ހިއްސާވާ ހައިއިންވެސްޓުމެންޓުގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ބުނެފައިވާ މިޗެކުގެ ވެރިފަރާތުގެ ގޮތުގައި ފާހަގަކޮށްފައިވާ ސަންޓުރެވަލްގެ ނަން ޖަހާފައިވަނީ ނުބައިކޮށް ކަމަށާއި އެކުންފުނީގެ އަޞްލުނަމަކީ ސަންޓުރެވަލް އެންޑު ޓުއާރސް ކަމަށެވެ.

ސަންޓުރެވަލް ޓުއާސްއިން ޙަސަންއަށް ހުށަހެޅިކަމަށް ބުނާ 1.7 މިލިއަން ރުފިޔާގެ ޗެކުގައި ފޭކު ޗެކެއްކަމަށް ފާހގަކޮށްފައިވާ މައްސލަތައް
އެޗެކުގައި އޭނާގެ ކުންފުނީގެ ނަން ވަނީ ނުބައިކޮށް ޖަހާފައި ކަމަށާއި އެގޮތުން އޭނާގެ ކުންފުނީގެ ނަން ޖަހާފައިވަނީ އެޗް، އައި، ޖީ، އެޗް ހައި އިންވެސްޓުމެންޓުކަމަށާއި ނަމަވެސް އެކުންފުނީގެ އަޞްލު ނަމުގައި އިންނާނީ އެޗް، އޭ، އައި ކަމަށް ހަސަން ވިދާޅުވިއެވެ.
ކިރިޔާވެސް ބޮލުގަ ތެއްކަމެއް ހުރި މީހަކަށް ވިއްޔާ އެނގޭނެ އެއީ ހަދާފައިވާ ފޭކު ޗެކެއްކަން އެނގޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ޙަސަން ވިދާޅުވީ އެ ޗެކް ހެދިބަޔަކު އެމްޑީޕީގެ ފަރާތުން ކުޑަހުވަދޫ ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓް މުހައްމަދު ޖައިޝް އިބްރާހިމް އަށް އިނގޭކަމަށާއި ސަންޓުރެވަލްއިން ޙަސަންއަށް ފައިސާ ދީފައިވާ ކަމަށް ބުނެފައިވާ ކަމަށައި އަދި ޖައިޝް އެޗެކު ހޯދާކަމަށް ބުނެ، އޭގެ އަނެއް ދުވަހު އެޗެކު ލިބިއްޖެކަމަށް އޭނާ ބުނެފައިވާކަމަށް ޙަސަން ވިދާޅުވިއެވެ.
"ޖޭމޭ (މުހައްމަދު ޖައިޝް އިބްރާހިމް) ބުނެފައިވޭ ސަންޓުރެވަލްއިން ހަސަންއަށް ފައިސާ ދިނޭ ފައިސާ ދީފައިވާ ޗެކު އޭނާ ހޯދާނެކަމަށްބުނެ އޭގެ އަނެއް ދުވަހު އެޗެކު ލިބިއްޖެ ކަމަށް ޖޭމޭ ބުނެފައިވޭ" ޙަސަން ވިދާޅުވިއެވެ
ޖައިޝްއަށް އަށް އެބުނާ ޗެކު ލިބޭނީ އޭނާގެ ކޮންމެ ވެސް މީހެއްގެ އަތުގައި އެ އޮވެގެންކަމަށް ޙަސަން ތުހުމަތު ކުރެއްވިއެވެ.
ހަސަން ވިދާޅުވީ ފުލުސް އޮފީހަށް މައްސަލަ ހުށައަޅާފައިވަނީ ޖައިޝް އެވާހަކަ ދެއްކިކަމަށް ހެކިވާ ހެކިވެރީންގެ ނަންތަކާއިވެސް އެކުގައި ކަމަށެވެ.
އަޅުގަނޑު ކުރިމަތިލީ ޖޭމޭ (ޖައިޝް) ބުނެގެން އަދި ޖޭމޭ ފައިސާ ދީގެނެއް ނޫން. ނަން ނެގީކީވެސް އާމިރު ބުނެގެން އަދި އާމިރު ފައިސާ ދީގެނެއްވެސް ނޫން. އަޅުގަނޑު ކުރިމަތިލާފަވެސް އެއްވެސް ވަރަކަސް ކެމްޕޭން ކޮށްފައި ނުވަނެ. ނަން ނެގުމަކުން އެއްވެސް ބަޔަކު އުފާ ކުރަންޖެހޭ ކަމެއްވެސް އަދި ހިތާމަ ކުރަން ޖެހޭ ކަމެއްވެސް ނޯންނާނެ" ދިއިސްލާމަށް ދެއްވި އިންޓަވިއުގައި ޙަސަން ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...