ރާއްޖޭގެ ޚަބަރު އެމްއައިބީގެ ފުރަތަމަ ސަރަހައްދީ ގޮފި އައްޑޫގައި ހުޅުވައިފި

އެމްއައިބީގެ ފުރަތަމަ ސަރަހައްދީ ގޮފި އައްޑޫގައި ހުޅުވައިފި

އެމްއައިބީގެ ފުރަތަމަ ސަރަހައްދީ ގޮފި އައްޑޫގައި ހުޅުވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މޯލްޑިވުސް އިސްލާމިކް ބޭންކް (އެމްއައިބީ) ފުރަތަމަ ހުޅުވި ސަރައްދީ ގޮފި އައްޑޫ ސިޓީގެ ހިތަދޫގައި މިއަދު ހުޅުވައިފިއެވެ.

ހިތަދޫ ބޮޑުމަގުގައި ހުންނަ 'އެމްއައިބީގެ އައްޑޫ ގޮފި' ކުރިމަތީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބޭންކު ހުޅުއްވައި ދެއްވީ އިސްލާމިކް އެފެއާޒު މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމު ވިދާޅުވީ އިސްލާމިކް ބޭންކިންގެ ގޮތްޕެއް ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީގައި ހުޅުވިގެން ދިއުމަކީ އިޤްތިޞާދީ ގޮތުން ކުރިއެރުން ލިބޭނެކަމެއް ކަމަށާއި މިކަމުގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ކުރިއެރުން ތަކެއް ލިބިގެންދާނެ ކަމަށެވެ.

އައްޑޫގައި އިސްލާމިކް ބޭންކުގެ ގޮތްޕެއް ހުޅުވައި ދެއްވުމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކެވީވެސް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމެވެ.  އެގޮތުން  ޢަދާލަތު އެޕާޓީއަށް ދިހަހާސް މެންބަރުން ހަމަކުރުމަށް ކުރިއަށް ގެންދިޔަ ކެމްޕޭނުގައި ޖެނުއަރީ 17 ގައި އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވި ޢަދާލަތު ޕާޓީގެ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވުމުން ޑރ. ޝަހީމު އޭރު ވިދާޅުވެފައިވަނީ އައްޑޫ ރައްޔިތުންނަށް ޢަދާލަތުޕާޓިއިން ވައުދުތަކެއް ވާކަމަށާއި އެގޮތުން އައްޑޫ ސިޓީގައި އެމްއައިބީގެ ގޮތްޕެއް ނުވަތަ ބީއެމްއެލްގެ އިސްލާމިކް ވިންޑޯގެ ގޮތްޕެއް ޤާއިމުކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

އަދި އިސްލާމީ ފަތުރުވެރިކަން އައްޑޫއަށް ތައާރުފު ކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށްވެސް ޑރ. ޝަހީމު އެރޭގެ ޖަލްސާގައި ވިދާޅުވެފައިވެއެވެ.

ޖެނުއަރީ 23 ވަނަ ދުވަހު އޭރު ޢަދާލަތު ޕާޓީގެ އިސްތަރުޖަމާނުގެ މަޤާމު ފުރުއްވަމުން ގެންދެވި ޑރ. ޝަހީމު ވިދާޅުވީ އައްޑޫގައި އިސްލާމިކް ބޭންކުގެ ގޮތްޕެއް ޤާއިމުކޮށްދިނުމަށް އިސްލާމިކް ބޭންކަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމަށެވެ.

މޯލްޑިވުސް އިސްލާމިކް ބޭންކިންގެ ސީއީއޯ ހާރޫން ޙާރިޘް އޭރު ވިދާޅުވެފައިވަނީ އިސްލާމިކް މިނިސްޓަރު އެދިވަޑައިގެންފައިވާ ގޮތަށް އައްޑޫގައި އިސްލާމިކް ބޭންކިންގެ ގޮތްޕެއް އައްޑޫގައި ޤާއިމުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން 2013 ވަނަ އަހަރު ނިމެންވާއިރަށް އެމްއައިބީގެ ގޮފި އައްޑުގައި ހުޅުވުމަށް މަސައްކަތް ކުރައްވާނެކަމަށް  ހާރިޘް އޭރު ވިދާޅުވެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.