އަލްއުސްތާޛާ ޢާއިޝަތު ޚަލީލާ ދެއްވާ ދަރުސް 'އަންހެންގެ ޙައްޤތަކާއި ވާޖިބުތައް' މިރޭ ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީ އިން ހާމަކުރި ގޮތުގައި ދަރުސް އޮންނާނީ މިރޭ 8:50 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި ކަމަށާއި ދަރުސް އިންތިޒާމް ކުރަނީ އެމިނިސްޓްރީއިން ކަމަށެވެ.
މިދަރުސް ދެޖިންސުގެ ބޭފުޅުންނަށްވެސް ވަނީ ހުޅުވާލެވިފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއެވެ. މިދަރުސްއަށް ވީހާވެސް ގިނަ ބަޔަކު ހާޒިރުވުމަށް އެމިނިސްޓްރީއިން އިލްތިމާސްކުރެއެވެ.
އަލްއުސްތާޛާ ޢާއިޝަތު ޚަލީލާއަކީ ކޮމްޕަރޭޓިވް ލޯއިން މާސްޓަރ ޑިގުރީ ހާސިލުކުރައްވާފައިވާ ބޭކަނބަލެކެވެ. އަދި މިހާރުގެންދަވަނީ ޝަރިއްޔާ އެންޑު ޖުޑިޝަރީގެ ރޮނގުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...