ދުނިޔެ ސައުދީން މުސްލިމް ބްރަދަހޫޑަކީ "ޓެރަރިސްޓް" ޖަމާޢަތެއް ކަމަށް ކަނޑައަޅައިފި

ސައުދީން މުސްލިމް ބްރަދަހޫޑަކީ "ޓެރަރިސްޓް" ޖަމާޢަތެއް ކަމަށް ކަނޑައަޅައިފި

ސައުދީން މުސްލިމް ބްރަދަހޫޑަކީ "ޓެރަރިސްޓް" ޖަމާޢަތެއް ކަމަށް ކަނޑައަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިޞްރުގެ އިޚްވާނުލް މުސްލިމޫން (މުސްލިމް ބްރަދަހޫޑް) އަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށް ސައުދީޢަރަބިޔާއިން ކަނޑައަޅައފިއެވެ.

މުސްލިމް ބްރަދަހޫޑުގެ އިތުރުން ސޫރިޔާގައި ހަރަކާތްތެރިވާ ޖަބަހަތުއް ނުޞްރާ އަކީވެސް ޓެރަރިސްޓް ޖަމާޢަތެއްކަމަށް ކަނޑައެޅިކަމަށް ހުކުރުދުވަހު ސައުދީ ސަރުކާރުގެ ޓީވީ ޗެނަލްއިން ވަނީ އިޢުލާން ކޮށްފައެވެ. އަދި އެފަދަ ޖަމާއަތެއްގައި ހަރަކާތްތެރިވާ އެއްވެސް ސައުދީގެ ރައްޔިތަކު ހުރިނަމަ 15 ދުވަހުގެ ތެރޭގައި ގައުމަށް އެނބުރި އައުމަށާއި، ނައިސްފިނަމަ އެމީހަކަށް ޖަލުގެ ހުކުމް އަންނާނެކަމަށްވެސް ސައުދީ ސަރުކާރުން ހާމަކުރެއެވެ.

ސައުދީ ރަސްގެފާނު އަބްދުﷲ މިދިޔަ މަހު ވަނީ "ޓެރަރިސްޓް" ޖަމާޢަތްތަކަށް ނިސްބަތްވާ ފަރާތްތަކަށާއި ގައުމުން ބޭރުގައި "ހަނގުރާމަ" ކުރަމުންދާ ސައުދީގެ ރައްޔިތުންނަށް 20 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާފައެވެ.

މި ގަވާއިދުގެ ދަށުން އެފަދަ ޖަމާޢަތަތަކަށް ސަޕޯރޓް ކުރުމާއި، އެ ޖަމާޢަތްތަކުގެ ފިކުރުގެންގުޅުމާއި، ނުވަތަ އެފަދަ ޖަމާޢަތްތައް ލިޔުމުން ނުވަތަ އަނަގަ ބަހުންވެސް ޕްރޮމޯޓް ކޮށްފިނަމަ ޖަލުގެ ހުކުމް އަންނާނެކަމަށް ކަނޑައެޅިފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.