ރާއްޖޭގެ ޚަބަރު ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ބާއްވާ 3 ވަނަޢަޤީދާވޯކްޝޮޕްގެ ފޯމް ހުށައެޅުން މިމަހު 25ގައި ހަމަވަނީ

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ބާއްވާ 3 ވަނަޢަޤީދާވޯކްޝޮޕްގެ ފޯމް ހުށައެޅުން މިމަހު 25ގައި ހަމަވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިސްލާމް

މާތްﷲގެ ވާގިފުޅާއެކު ޖަމްޢިއްޔަތުއްސަލަފުން ސިލްސިލާކޮށް ބާއްވަމުން އަންނަ "ދަ ކްރީޑް" (ޢަޤީދާ ވޯކްޝޮޕް) ސިލްސިލާގެ ތިންވަނަ ވަރކްޝޮޕަށް ފޯމު ހުށައެޅުމުގެ ފުރުޞަތު ޖެނުއަރީ 25 ވަނަ ދުވަހު ހަމަވާނެކަމަށް ޖަމްޢިއްޔަތުއްސަލަފުން މަޢުލޫމާތު ދީފިއެވެ.

މިހިނގާ ޖެނުއަރީ މަހުގެ 28 އިން 29 އަށް ބާއްވަން ހަމަޖެހިފައިވާ މިވަރކްޝޮޕްގެ ފޯމްތައް ނަންގަވާފައިވާ ހުރިހާބޭފުޅުންވެސް މިމަހުގެ 25 ގެ ކުރިން ފޯމްތައް ސަލަފްލައިން(ހިލާލީ މަގު) އަށް ގެނެސްދިނުމަށް ޖަމިއްޔަތުއްސަލަފުން އެދިލައްވައެވެ.

މިފަހަރުގެ ވަރކްޝޮޕްގައިވެސް ކިޔަވައި ދެއްވާނީ ކުރިން ދެފަހަރުވެސް ކިޔަވައިދެއްވި ޝައިޚުންނެވެ. އޭގެ ތެރޭގައި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ އެކްޓިންގ ޑީން ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްވެސް ހިމެނިވަޑައިގަންނަވައެވެ.

ޓެގް

ސަލަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.