އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދު ކޮށްލީ އެ ފޮޓޯ އެވެ.
އަހަރެން އެތައް ދުވަހެއް ވަންދެން ކުރި އުއްމީދު ތައް ފުނޑުފުނޑު ކޮށްލީ އެ ފޮޓޯ އެވެ.
އަހަރެންގެ އުފާވެރި ޙަޔާތަށް ކަޅު އަނދިރިކަން ގެނުވީ އެ ފޮޓޯ އެވެ.
އަހަރެން އަހަރެންގެ ލޯބިވާ އަންހެނުންނާއި ވަކި ކުރުވީ އެ ފޮޓޯ އެވެ.
އަހަރެން އެތައް ދުވަހެއް ވަންދެން ކުރި އުއްމީދު ތައް ވިއްސި ވިހާލި ކޮށްލީ އެ ފޮޓޯ އެވެ.
އެތައް ޒަމާނެއްގެ އުއްމީދަކަށް ފަހު ދުނިޔެ އަށް އުފަންވުމުގެ މާކުރިން އަހަންނާއި އަހަރެންގެ ކުޑަ ދަރިފުޅު ދުރު ކުރުވީ އެ ފޮޓޯ އެވެ.
އަހަރެން ދުނިޔޭގައި އުޅުމަށް ދެކެމުން އައި ހުރިހާ ހުވަފެނެއްގައި ކުލަ ނުޖެހެނީސް އަހަރެންގެ ހުވަފެންތައް ވިއްސި ވިހާލި ކޮށްލީ އެ ފޮޓޯ އެވެ.
އަހަރެންގެ ކަޅު މާޒީ އަލުން އަހަރެންގެ ކުރިމަތީގައި ނިއުޅާލީ އެ ފޮޓޯ އެވެ.
އަހަރެންގެ ނަޞީބު އަހަރެންގެ އަތުގައި ހިފާފައި ވަނިކޮށް އެ ނަޞީބު އަހަރެންގެ ކިބައިން ނިގުޅައިގަތީ އެ ފޮޓޯ އެވެ.
އެއީ އަހަރެންގެ މާޒީގައި އަހަރެން އަމިއްލަ އަތުން އަހަރެންގެ ކުރީގެ ލޯބިވެރިޔާ އާއި އެކުގައި ނަގާފައިވާ ހަމަ އެ ފޮޓޯ އެވެ.
އަހަރެންގެ އެކްސް ލޯބިވެރިޔާ ބްލެކްމެއިލް ކުރަން އޭރު ނެގި އެ ފޮޓޯ އަހަރެންގެ އަތުގައި އޮތްކަން އަހަރެން މިހާރު ހަނދާން ނެތަސް އެއީ ހަމަ އެ ފޮޓޯޯ އެވެ.
އަހަރެންގެ އުފާވެރި ހަޔާތް ކުއްލި ގޮތަކަށް ރޫޅި އަނބިދަރިންނާ ވަކިވެ މުޅިން މާޔޫސް ކަމުގެ ތެރެއަށް ވައްޓާއެލީ ހަމަ އެ ފޮޓޯ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...