ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އިންތިޒާމު ކުރާ ވަރަށް ޚާއްޞަ ދަރުސެއް މިރޭ ކާނިވާ ސްޓޭޖުގައި އޮންނާނެކަމަށް އެ ޖަމްޢިއްޔާއިން ހާމަކޮށްފިއެވެ.
"އިސްލާމީ ޝަރީޢަތް" މި މައުޟޫއަށް ބާއްވާ ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް އެވެ. މިރޭގެ ދަރުސް ފަށާ ގަޑިއަކީ 9 ޖަހާއިރުއެވެ.
މި ދަރުސަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަކީ ޖަމްޢިއްޔަތުއްސަލަފުގެ ވަރަށް ބޮޑު އެދުމެކެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިއަހަރު ހިންގުމަށް ރާވާފައިވާ އެކިއެކި ހަރަކާތްތަކާއި ޕްރޮގްރާމުތަކާއި ކަލަންޑަރެއްވަނީ ހަދާ ފައެވެ. އެކަލަންޑަރުގައި މިއަހަރު ވަރަށް ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް ރާވާފައިވާކަން ހާމަކޮށްފައިވެއެވެ. އެގޮތުން ވޯކްޝޮޕް ތަކާއި 99 ލީފްލެޓް ހެދުމާއި ދީނީ ޝިޢާރުތައް ހިމެނޭ ބިލްބޯޑުތައް ހެދުމާއި ސްކޫލުތަކަށާއި އޮފީސްތަކަށް އަމާޒުކޮށްގެން ތަފާތު ޕްރޮގްރާމުތައް ހިމެނެއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ވަރަށް ފަހުން ފަށައިގެން ކުރިއަށްގެންދާ "ސަލަފް ޓޯކް" ރޭ ސީޝަލް ސެންޓަރ ސެމިނާ ރޫމުގައި އޮތެވެ. ރޭގެ "ސަލަފް ޓޯކް" ގައި ޝައިޚެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އައްޝައިޚް ޙަސަން މޫސާ ފިކުރީ އެވެ. އަދި ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ޖަމްޢިއްޔަތުއްސަލަފުގެ ނަމާދު އެޕްލިކޭޝަން ތައްޔާރު ކޮށްދެއްވި މާދު އެވެ. "އޮންލައިން ސޭފްޓީ" ގެ މައުޟޫއުގައި ބޭއްވި ރޭގެ "ސަލަފް ޓޯކް" ބޮޑަށް އަމާޒު ކޮށްފައިވަނީ އިންޓާ ނެޓްއާއި އޮންލައިންގެ އެކިއެކި މައްސަލަތަކާއި އިންޓާރނެޓް ބޭނުން ކުރުމުގައި ސަމާލުވާން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއްގެ މައްޗަށެވެ. ވަރަށް ތަފާތު ޕްރޮގްރާމެއްގެ ގޮތޮގައި ކުރިއަށް ގެންދާ "ސަލަފް ޓޯކް" އަކީ މަހަކު މަދުވެގެން 3 ފަހަރު ބޭއްވުމަށް ރޭވިފައިވާ ޕްރޮގްރާމެއްކަމަށް ސަލަފުން ޚަބަރު ދީފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...