ފޭސްބުކް އެކައުންޓެއް ހުޅުވައިގެން ސީރިޔާގެ ޒުވާން އަންހެން ކުއްޖަކު އިސްލާމީ ޝަރީއަތާއި އެއްގޮތަށް ރަޖަމް ކޮށްފައި ވާކަމަށް ބުނެ ދުނިޔޭގެ މަޝްހޫރު ޚަބަރު ފަތުރާ ޗެނަލެއް ކަމަށްވާ ސީއެންއެންއިން ފެތުރި ޚަބަރު ތަކަކީ އިސްލާމީ ޝަރީޢަތާއި މުސްލިމުންގެ އަގު ވައްޓާލުމަށް ފެތުރި ދޮގު ވާހަކަ ތަކެއް ކަން ފަޅާއަރައިފިއެވެ.
ދަ ބްލޭޒް ކިޔާ ބަޔަކު މިކަންފަޅާ އަރުވާލަމުން ބުނެފައި ވަނީ ސީރިޔާގެ ޒުވާން އަންހެން ކުއްޖަކު ފޭސްބުކް އެކައުންޓެއް ހުޅުވި މައްސަލާގައި ޙައްދު ފަހަނަ އަޅާފައިވާ އިސްލާމީ ހަރުކަށި ޖަމާޢަތެއް ކަމަށްވާ ދަޢާޝް ނަމަކަށް ކިޔާ ޖަމާޢަތަކުން އެކުއްޖާ ފޭސްބުކް ބޭނުން ކުރަން އިންދާ އަތުލައިގަނެ ކޯޓަށް ގެންދިޔުމުން އިސްލާމީ ޝަރީޢަތާއި އެއްގޮތަށް އެ ކުއްޖާ ރަޖަމް ކުރުމަށް އެ ސަރަޙައްދުގެ ކޯޓުން ކުރި ޙުކުމާއި ގުޅިގެން އެކުއްޖާ ރަޖަމް ކޮށްފައި ވާކަމަށް ބުނެ ފަތުރާފައި ވަނީ ރޯ ބުހުތާނު ދޮގު ވާހަކަ ތަކެއް ކަމަށެވެ.
އިސްލާމީ ޝަރީޢަތާއި މުސްލިމުން ބަދުނާމު ކޮށް ސީއެންއެން އިން ފެތުރި މި ދޮގު ޚަބަރުގެ ޙަޤީޤަތް ފަޅާއަރުވާ ލަމުން ބްލޭޒް ގުރޫޕުން ބުނެފައި ވަނީ މި ޚަބަރާއި ގުޅުވައިގެން ސީއެންއެން އިން ޢާއްމު ކުރި ދެފޮޓޯ އަކީވެސް ފޭކު ފޮޓޯ ތަކެއް ކަމަށާއި، މި ފޮޓޯ ތަކަކީ ދެހާސް އަށްވަނަ އަހަރު އީރާނުގެ ބަޔަކު އުފެއްދި ދަ ސްޓޯނިންގ އޮފް ސުރައްޔާ ކިޔާ ފިލްމަކުން ނަގާފައިވާ މަންޒަރު ތަކެއް ކަމަށެވެ.
މި މައްސަލާގައި ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒު ވުމާއި ގުޅިގެން ސީއެންއެން އިން މި ރިޕޯޓް މިހާރު ނަގާފައި ވާއިރު އެ ފަރާތުން ވަނީ މުސްލިމުންގެ އަގު ވައްޓާލުމަށް ހިންގި މި ބޮޑު ޖަރީމާގައި ސީއެންއެންގެ އަތެއް ނުވާ ކަމަށް ބުނެ ބޮލުން ނައްޓާލުމަށް ބަޔާނެއް ވެސް ނެރެފައެވެ.
މިކަމުގެ ޙަޤީޤަތް ހާމަ ކޮށްދިން ބްލޭޒް ގުރޫޕުން ބުނީ މި ޚަބަރަކީ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދަށް މަދަދުވެރިވާ އީރާނުގެ ޝިޔަޢީ ސަރުކާރު އަޑީގައި އޮވެގެން ބައްޝާރުގެ އަނިޔާވެރިކަން ފޮރުވާ އޭނާގެ އަނިޔާވެރި ކަމާއި ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދާ ހަނގުރާމަވެރި ޖަމާޢަތް ތަކާއި މެދު މީހުންގެ ހިތުގައި ނަފްރަތު އުފެއްދުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
އަދިމި ޚަބަރު ދުނިޔޭގެ ބޮޑެތި ބަސްތަކަށް ތަރުޖަމާ ކޮށްގެން އެކި ދިމަ ދިމާލަށް ފޮނުވައިގެން ފަތުރާފައި ވަނީ ވެސް އީރާނުގެ ސަރުކާރުގެ އިސްވެރިންގެ މަސްލަޙަތު އޮންނަ އީރާނުގެ ފާސް ނިޔުސް އެޖެންސީން ކަން ވެސްއެ ފަރާތުން ވަނީ ހާމަ ކޮށްފަ އެވެ.
މުސްލިމުންނާއި މެދު ޝިޔައީންނާއި ކާފަރުން އަޑީގައި ތިބެގެން ފަތުރާ މިފަދަ ރޯ ބުހުތާނު ދޮގު ތައް ވެސް އެއްވެސް ވަރަކަށް ދިރާސާ ކޮށްލުމެއް ނެތި ހިތަށް އެރިހާ ގޮތަކަށް ދިވެހި ބަހަށް ތަރުޖަމާ ކޮށްގެން އަޅުގަނޑު މެންގެ މި މުޖުތަމަޢުގައި ވެސް މިއަދު ބަޔަކު ފަތުރަމުން ގެންދާކަމީ އަޅުގަނޑުމެން މިއަދު ވަރަށް ބޮޑަށް ސަމާލުވާން ޖެހިފައިވާ މައްސަލަ އެކެވެ.
އެހެނީ ނުއެނގި ތިބެ މިކަންކުރާ ބަޔަކު ތިމާގެ އަމިއްލަ ރައްބާއި ރަސޫލާ އަށާއި ދީނަށް ފުރައްސާރަ ކުރަމުން ގެންދާއިރު، ގަސްދުގައި މިކަން ކަން މި މުޖުތަމަޢުގައި ފަތުރައިގެން އިސްލާމްދީން ބަލިކަށި ކޮށްލުމަށް މަސައްކަތް ކުރާ ކާފަރުންނާއި ކާފަރުންގެ އެޖެންޓުން މިއަދު އަޅުގަނޑުމެންގެ އެންމެ އެތެރޭގައި ވެސް މަދު ނޫން ކަމީ ފެންނަ މަންޒަރު ތަކުން ދޭހަވާ ކަންކަމެވެ.
އެހެން ކަމުން ނޫސްވެރިކަމުގެ މިނިވަން ކަމުގެ ނަމުގައްޔާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ނަމުގައި ބަޔަކު ފަތުރަމުން ގެންދާ ރޯ ބުހުތާނު ދޮގުގައި ބަނދެވި ނުދާނެ ގޮތަކަށް އަޅުގަނޑުމެންގެ ޢަމަލު ތައް މިއަދު މިވަނީ ބައްޓަން ކުރާން ޖެހިފައެވެ.
ތަކުރާރު ކޮށް އިސްލާމް ދީނަށް ފުރައްސާރަ ރައްދުވާ ގޮތަށް ދޮގު ޚަބަރު ތައް ފަތުރަމުން ގެންދާ މީޑިޔާ ތަކާއި މެދު ސަމާލުވެ އެފަދަ މީޑިޔާ ތަކަށް ޒިޔާރަތް ނުކުރުން ނުވަތަ އެފަދަ ވެބްސައިޓް ތަކަށް ނުވަނުމަކީ އެމީހުންނަށް އެކަން ކުރުމުގެ މަގު ހަނި ކުރުމަށް ފަރުދީ ޒިންމާއެއް އުފުލުމުގެ ގޮތުން އިސްލާމް ދީނާއި ދިވެހި ޤައުމު ދެކެ ލޯބިވާ ކޮންމެ ދިވެހި ދަރި އަކަށްމެ އަދާ ކުރެވިދާނެ ޤައުމީ ވާޖިބެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...