ރާއްޖޭގެ ޚަބަރު ޢަރަބިބަސް އެނގުނީމާ، އެ ބަސް އެނގޭ ދަރިވަރުންގެ އަޚްލާޤު ތަފާތުވެގެންދާނެ: ނައިބް ރައީސް

ޢަރަބިބަސް އެނގުނީމާ، އެ ބަސް އެނގޭ ދަރިވަރުންގެ އަޚްލާޤު ތަފާތުވެގެންދާނެ: ނައިބް ރައީސް

ޢަރަބިބަސް އެނގުނީމާ، އެ ބަސް އެނގޭ ދަރިވަރުންގެ އަޚްލާޤު ތަފާތުވެގެންދާނެ: ނައިބް ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢަރަބިބަސް އެނގުނީމާ، އެ ބަސް އެނގޭ ދަރިވަރުންގެ އަޚްލާޤު ތަފާތުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ޢަރަބި ބަސް ކިޔަވައިދިނުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ޑރ މުޙަންމަދު ޖަމީލް އަޙްމަދު ވިދާޅުވީ "ޢަރަބިބަސް އެނގުނީމާ، އެ ބަސް އެނގޭ ދަރިވަރުންގެ އަޚްލާޤު ތަފާތުވެގެންދާނެ. ޢަރަބި ބަސް އެނގުމުގެ ނަތީޖާއަކަށް ވެގެންދާނީ، ކީރިތި ޤުރްއާނަށް ލޯބިޖެހުން. ކީރިތި ރަސޫލާގެ ޙަދީޘްފުޅު ފަހުމްވުން. މާނަ އެނގިގެން ދިޔުން."ކަމަށެވެ.

"އޭގެ ނަތީޖާއަކަށް ވެގެންދާނީ، އިރާދަކުރެއްވިއްޔާ، ތިޔަ ބެލެނިވެރިން އުންމީދުކުރާފަދަ ހެޔޮލަފާ ޞާލިޙު ދަރިންތަކެއް އިރާދަކުރެއްވިއްޔާމު، މި މުޖްތަމަޢަށް އުފަންވެގެންދިޔުން. އެއީ ކޮންމެ މަޔަކާއި ބައްޕައެއްގެ އުންމީދު. ހިތުގެ އިޙްސާސްތައް، ހިތުގެ ގޮވެލި. އެއްވެސް ޝައްކެއްނެތްގޮތުގައި، ﷲގެ ރަޙްމަތާ އެކީގައި، އެކަލާނގެ ތައުފީޤާއި ބަރަކާތާ އެކީގައި މިއަދު އަޅުގަނޑުމެން މި ފަށާ މަސައްކަތުން މިދެންނެވިފަދަ އަގުހުރި މުޖުތަމަޢެއް، އިރާދަކުރެއްވިއްޔާ ރާއްޖޭގައި އުފަންވެގެންދާނެ. އެކަމަށްޓަކައި ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވާ"ކަމަށް ނައިބު ރައީސް ޑރ މުޙަންމަދު ޖަމީލް އަޙްމަދު ވިދާޅުވިއެވެ.

ނައިބު ރައީސް ޑރ މުޙަންމަދު ޖަމީލް އަޙްމަދު އިތުރަށް ވިދާޅުވީ "އަޅުގަނޑުމެން މިފަށާ މަސައްކަތުގައި، އެކަލާނގެ ބަރަކާތާއި ތައުފީޤު މިންވަރު ކުރެއްވުން. އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަކީ އަދި ދަރިވަރުންނަކީ، އިސްލާމްދީނަށް ލޯބިކުރާ، ޢަރަބިބަހަށް ލޯބިކުރާ، އެ ބަސް ދަސްކުރުމުގެ ޝައުޤު ލިބިގެންވާ ދަރިވަރުންނާއި އަދި ބެލެނިވެރިން ކަމުގައި اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. އަދި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އެކަލާނގެ ތައުފީޤާއި ބަރަކާތް މިންވަރު ކުރެއްވުން." ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.