ރާއްޖޭގެ ޚަބަރު މަރުގެ ހުކުމް ތަންފީޒުކުރަން ކެބިނެޓުން ރައީސް ޔާމިންއަށް ލަފާ އަރުވައިފި

މަރުގެ ހުކުމް ތަންފީޒުކުރަން ކެބިނެޓުން ރައީސް ޔާމިންއަށް ލަފާ އަރުވައިފި

މަރުގެ ހުކުމް ތަންފީޒުކުރަން ކެބިނެޓުން ރައީސް ޔާމިންއަށް ލަފާ އަރުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލީތަލް ‏‏އިންޖެކްޝަން ޖަހައިގެން ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަން ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންއަށް ލަފާއަރުވައިފި އެވެ.

އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ‏ދުނިޔޭގައި މަރުގެ ހުކުމް ތަންފީޒު ކުރަމުންދާ ގައުމުތަކުގައި މަރުގެ އަދަބު ތަންފީޒު ‏‏ކުރެވެމުންދާ އެކިއެކި ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުނެވެ. އަދި މަރުގެ ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖްރާއަތުތައް ‏‏ތަފްސީލުކޮށް ބަޔާންކޮށްދޭ ގަވާއިދެއް އެކުލަވާލުމަށްފަހު، އެގަވައިދުގެ ދަށުން އެކަށައެޅޭ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު ލީތަލް ‏‏އިންޖެކްޝަން ޖަހައިގެން ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ވަޒީރުންގެ މަޖްލިސްއިންވަނީ ރައީސްއަށް ލަފާއަރުވާފައެވެ.

މަރުގެ އަދަބު ތަންފީޒް ކުރުމާއި ގުޅޭގޮތުން ހަދާ ޤަވައިދު ސަރުކާރުން އެކުލަވާލައި ވީހާ ވެސް އަވަހަކަށް އެ ގަވާއިދަށް އަމަލުކުރަން ފެށުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ރައީސަށް ލަފާއަރުވާފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.