ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ކުރިއަށްގެންދާ 500 ޙާފިޡުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ހާމަކުރާ ގޮތުގައި މިޕްރޮގްރާމްގައި ބައިވެރިވެވޭނީ ޢުމުރުން 7 އަހަރާއި 25 އަހަރާ ދެމެދުގެ ފަރާތްތަކަށް ކަމަށާއި އެފަރާތްތަކަކީ ކީރިތި ޤުރްއާން ފަރިތަކަމާއެކު ތަޖުވީދުގެ ހަމަތަކުން ކިޔަން އެނގޭ ފަރާތްތަކަށް ވާންޖެހޭނެ ކަމަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު 03 ފެބުރުވަރީ 2014 ވަނަ ދުވަހުން ފެށިގެން ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ގެންދަނީ ދޫކުރަމުންނެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ބައިވެރިވުމަށް އެދި ފޯރމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 11 ފެބުރުވަރީ 2014 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިންނެވެ.
މި ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި ދަސްކޮށްފައިވާ ފޮތުގެ އަދަދަށާއި ޤާރީކޯސް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެކަމަށް ޤުރުއާނާއި ބެހޭ މަރުކަޒުން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...