ރާއްޖޭގެ ޚަބަރު ކުޑަކުދިންނާއި ބޮޑެތިމީހުންގެ ޙިފްޡް ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކުޑަކުދިންނާއި ބޮޑެތިމީހުންގެ ޙިފްޡް ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކުޑަކުދިންނާއި ބޮޑެތިމީހުންގެ ޙިފްޡް ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކީރިތި ޤުރުޢާނާއި ބެހޭ މަރުކަޒުން  ހިންގާ ކުޑަކުދިންނާއި ބޮޑެތިމީހުންގެ ޙިފްޡް ކްލާސްތަކުން ހުސްވެފައިވާ ޖާގަތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ނެރެފައިވާ އިޢުލާނެއްގައިވަނީ އެމަރުކަޒުން ކުރިއަށް ގެންދާ ކުޑަކުދިންގެ ޙިފްޡު ކުލާސްތަކަށާއި ބޮޑެތި މީހުންގެ ޙިފްޡު ކްލާސްތަކުން ހުސްވެފައިވާ ޖާގަތަކަށް ދަރިވަރުން ނެގުމަށް ބޭނުންވާކަމަށާއި މިކްލާސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު 03 ފެބުރުވަރީ 2014 ވާ ހޯމަ ދުވަހުން ފެށިގެން އެމަރުކަޒުން ދޫކުރަމުން ގެންދާނެކަމަށެވެ.

ކުޑަކުދިންގެ ޙިފްޡް ކްލާހުގައި ބައިވެރިވާ ދަރިވަރުންނަކީ އުމުރުން 7 އަހަރުފުރި ކީރިތި ޤުރްއާނުގެ ކޮންމެ ތަނެއްވެސް ބަލައިގެން ފަރިތަކަމާއެކު ކިޔަން އެނގޭ ކުއްޖަކަށް ވާންޖެހޭނެ ކަމަށް އެމަރުކަޒުން ހާމަކުރެއެވެ.

އަދި ބޮޑެތިމީހުންގެ ޙިފްޡް ކްލާހުގައި ބައިވެރިވާ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ  ކީރިތި ޤުރްއާން ފަރިތަކަމާއެކު ތަޖުވީދުގެ ހަމަތަކުން ކިޔަން އެނގޭ ފަރާތްތަކަށްވުން ހިމެނެއެވެ. އަދި ބޮޑެތި މީހުންގެ ޙިފްޡު ކްލާހަށް ބައިވެރިން ހޮވުމުގައި ދަސްކޮށްފައިވާ ފޮތުގެ އަދަދަށާއި ޤާރީކޯސް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް މަރުކަޒުން ހާމަކުރެއެވެ.

މި ކްލާސްތަކުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 11 ފެބުރުވަރީ 2014 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ފޯމު ފުރުއްވުމަށްފަހު އައިޑީކާޑުގެ ކޮޕީއާއެކު އެމަރުކަޒަށް ހުށަހެޅުމަށް މަރުކަޒުގެ އިޢުލާނުގައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.