މާލެގެ ކުނި މެނޭޖްކުރަން ހަވާލު ކޮށްފައިވާ އިންޑިއާގެ ޓަޓުވާ ކުންފުންޏަށް، ކުނިއުފުލުމުގެ މަސައްކަތް ފެށިފައިި ނުވަނީ ކުނިއުފުލުމަށް ބޭނުންވާ ވެހިކަލްތައް ނުލިބިގެން ކަމަށް އެންވަޔަރމަންޓް ޕްރެޓެކްޝަން އެޖެންސީ އީޕީއޭއިން ބުނެފިއެވެ.
ރޭ ދިޓީވީގައި ވާހަކަ ދައްކަވަމުން އީޕީއޭގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދު މުރުޠަލާ ވިދާޅު ވެފައިވަނީ ފިނޭންސް މިނިސްޓްރީއާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން މާލޭ ކުނިމެނޭޖް ކުރުމަށް ޓަކައި އެގްރީމަންޓެއްގެ ދަށުން އިންޑިއާގެ ޓަޓުވާ ނަމަކަށް ކިޔާ ކުންފުއްޏަކާއި ހަވާލު ކޮށްފައި ވާކަމަށާއި، މި އެގްރީމަންޓްގައި ބުނާގޮތުން ކުނިއުފުލުމަށް ޓަކައި ބޭނުންވާ ވެހިކަލްތައް ދިވެހި ސަރުކާރުން ޓަޓުވާ ކުންފުންނާއި ހަވާލު ކުރާނެ ކަމަށެވެ.
އެހެން ނަމަވެސް މި މަސައްކަތް ނުފެށި ލަސްވަނީ ކުނި އުފުލާ ވެހިކަލް ތައް ހަލާކު ވެފައި ހުރުމުން ކަމަށާއި، އެތަކެތި މަރާމާތުކޮށް ދުވާ ހާލަތަށް ގެނެސްގެން ނޫނީ މަސައްކަތް ކުރިޔަށް ގެންދެވެން ނެތިގެން ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.
މި މައްސަލާގައި ހިމެނޭ މާލޭ ސިޓީ ކައުންސިލައީ ހަވާލާދީ އީޕީއޭއިން ބުނީ، ފިނޭންސް މިނިސްޓްރީން މި ވެހިކަލްތައް މަރާމާތު ކުރުމަށްޓަކައި މިހާރު ކޮންމެވެސް ވަރެއްގެ ބަޖެޓެއް ދެއްވާފައި ވާކަމަށާއި މި ބަޖެޓުން 8 ވެހިކަލް މަރާމާތު ކުރެވޭނެ ކަމަށެވެ.
އަދި މި ވެހިކަލްތައް މަރާމާތުކޮށް ނިންމައި، މިމަހުގެ 15 ހާތަނުގައި ޓަޓުވާ ކުންފުންޏާއި ހަވާލު ކުރެވޭ ވަރު ވާނެ ކަމަށް އީޕީއޭ އިން މައުލޫމާތު ދީފައިވެއެވެ.
އިންޑިއާގެ ޓަޓުވާ ކުންފުންޏަށް ދިމާވެފައިވާ އަނެއް މައްސަލައަކީ އެކުންފުންޏަށް މަސައްކަތް ކުރަން ގެންނަންޖެހޭ މުވައްޒަފުންނަން ވޯކްޕާމިޓް ނުލިބުން ކަމަށް ޓަޓުވާ ކުންފުންޏާއި ހަވާލާދީ އީޕީއޭއިން ވަނީ ބުނެފައެވެ.
ކުނިމެނޭޖް ކުރުމުގެ މަސައްކަތް ފެށިފައިނުވަނީ ކުނި އުފުލުމަށް ބޭނުންވާ ވެހިކަލްތައް ނުލިބިގެން. އީޕީއޭ
ކޮމެންޓް (0)
ލޯޑް ކުރަމުން...