ރާއްޖޭގެ ޚަބަރު އައިޖީއެމްއެޗްގެ ސެކިއުރިޓީ ބެލެހެއްޓުން ފުލުހުންގެ ރިޒާވް ފޯސް އާއި ޙަވާލު ކޮށްފި.

އައިޖީއެމްއެޗްގެ ސެކިއުރިޓީ ބެލެހެއްޓުން ފުލުހުންގެ ރިޒާވް ފޯސް އާއި ޙަވާލު ކޮށްފި.

އައިޖީއެމްއެޗްގެ ސެކިއުރިޓީ ބެލެހެއްޓުން ފުލުހުންގެ ރިޒާވް ފޯސް އާއި ޙަވާލު ކޮށްފި.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ސެކިއުރިޓީ ބެލެހެއްޓުން ދިވެހި ފުލުހުންގެ ރިޒާވް ފޯސް ނުވަތަ ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހުންނާ ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ދިވެހިރާއްޖޭގެ މައި ހޮސްޕިޓަލް ކަމުގައިވާ އައި.ޖީ.އެމް. ހޮސްޕިޓަލުގެ ސެކިއުރިޓީ ބެލެހެއްޓުން ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހުންނާއި ޙަވާލު ކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެހޮސްޕިޓަލާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށާއި، މިއެއްބަސްވުމުގައި އެހޮސްޕިޓަލުގައި ސެކިއުރިޓީ ބަލަހައްޓަންޖެހޭ ހުރިހާތަނެއްގެ ސެކިއުރިޓީ ސައްވީސް ގަޑިއިރު ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހުން ބަލަހައްޓަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއާއެކު ހޮސްޕިޓަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހުން މަސައްކަތް ކުރަމުންދާނެ ކަމަށާއި، ހޮސްޕިޓަލުގައި ހިނގާ ވައްކަމާއި ފޭރުމާއި އެހެނިހެން ކަންކަން ވަގުތުން ހުއްޓުވައި އެފަދަ ކުށްކުރާ ފަރާތްތައް ހޯދައި ފުލުހުންނާ ޙަވާލު ކުރާނެ ކަމުގެ އިންޒާރު ފުލުހުންގެ ރިޒާވް ފޯސް އިން ވަނީ ދީފައެވެ.

މީގެ އިތުރުން ތަނުގެ ތެރޭގައި މަޞްލަޙަތު ނަގާލައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ތަނުގެ މުވައްޒަފުންނަށް އިންޒާރުދީ ބިރުދައްކާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ވެސް ފުލުހުންނާ ޙަވާލު ކުރެވޭނެ ކަމަށް ރިޒާވް ފުލުހުންގެ ޓީމުން ވަނީ ބުނެފައެވެ.
މި އެއްބަސްވުމުގެ ދަށުން ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހުންގެ ތިރީސް ފަސް ފުލުހުން ހޮސްޕިޓަލުގައި ޑިއުޓީ އަދާކުރަމުން ގެންދާނެ ކަމަށާއި، ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހުން ހޮސްޕިޓަލުގައި ޑިއުޓީ އަދާކުރަމުން ދާނީ ތިން ޝިފްޓަކަށް ބަހާލައިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އައި.ޖީ.އެމް. ހޮސްޕިޓަލަކީ ވައްކަމުގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ ތަނެއް ކަމަށާއި، އެތަނުގައި އެޑްމިޓް ކޮށްފައިތިބޭ ބަލިމީހުންގެ ކައިރީގައި ތިބޭ މީހުންނާއި އެތަނަށް ޒިޔާރަތްކުރާ މީހުންގެ ފޯނުފަދަ ތަކެތި ވަގަށް ނެގުންފަދަ މައްސަލަ ތައް ފާހަގަ ކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.