އަދުގެ ދުނިޔެއަށް ބަލާއިރު އިންޑިއާ ސަރަޙައްދަކީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ މުސްލިމުން ދިރިއުޅޭ އެއްސަރަޙައްދަށް ވަނީ ވެފައެވެ. އިންޑިއާ ސަރަހައްދުގައި (އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝް) ގައި 500 މިލިޔަނަށްވުރެ ގިނަ މުސްލިމުން އުޅެމުންދެއެވެ. އިންޑިއާއަށް އިސްލާމްދީން ތަޢާރަފްވީއްސުރެ، ވަރަށް ގިނަ ގޮތްގޮތުން އެ ސަރަޙައްދުގެ މީހުން ކުރިއަރާފައިވެއެވެ. މިސަރަޙައްދުގައި މިހާ ބޮޑަށް މުސްލިމުންގެ ބިން ފެތުރިފައިވުމުގެ ފަހަތުގައި ތަފާތު ބުނުންތައް ވެއެވެ. ބައެއް މީހުން ސިޔާސީ ގޮތަށްވެސް ވާހަކަ ފަތުރާފައިވެއެވެ. މިގޮތުން ހިންދު މީހުން ބުނާ ގޮތުގައި އިންޑިއާގައި މިހާ ހަލުވިކޮށް އިސްލާމްދީން ފެތުރުމުގެ އަސްލަކީ ޤައުމުން ބޭރު މީހުންނެވެ. އެމީހުން ބުނާގޮތުންނަމަ އެ ޤައުމުގައި އިސްލާމްދީން ފެތުރެނީ އެޤައުމަށް ދިރިއުޅުން ބަދަލުކޮށްފައިވާ ޢަރަބި ޤައުމުތަކުގެ މުސްލިމުންނާއި އިރާންގެ މުސްލިމުންގެ ފުށުންނެވެ. އެހެންނަމަވެސް ހަޤީޤަތް މިއާ މުޅިން ތަފާތެވެ.
އިންޑިއާގެ އެންމެ ފުރަތަމަ(އިހުގެ) މުސްލިމުން.
ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ހަޔާތްޕުޅުގެ ކުރިންވެސް، މީލާދީން 600 ގެ ތެރޭގައި ޢަރަބި ވިޔަފާރިވެރިންނާއި އިންޑިއާ އާއި ގުޅުން އޮވެއެވެ. އާދަކޮށް ވިޔަފާރިވެރިން އިންޑިއާގެ ދެކުނު މަތީ ސަރަހައްދަށް ގޮސް ހަވާދުގެ ބާވަތްތަކާއި، ރަން އަދި އެފްރިކާއިން އުފައްދާފައިވާ ތަފާތު ތަކެތީގެ ވިޔަފާރި ކުރެވުނެވެ. އަރަބިން އިސްލާމްދީނަށް ވަންނަން ފެށުމާއިއެކު، އިސްލާމްދީން ފަތުރަމުން ދިޔައެވެ. މިގޮތުން އިންޑިއާގެ އައްސޭރިފަށުގައި ދިރިއުޅޭމީހުން އިސްލާމްދީނަށް ވަނުމުގެ ސަބަބަކަށް މި ޢަރަބީން ވިއެވެ. އިންޑިއާގައި އެޅުނު ފުރަތަމަ މިސްކިތް، ޗެރަމަން ޖުމާ މަސްޖިދް އަކީ ކެރެލާގައި މީލާދީން 629 ވަނަ އަހަރު (ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި)، އިންޑިއާގެ އެންމެ ފުރަތަމަ އިސްލާމްވި ޗެރަމަން ޕެރުމަލް ބަސްކަރާ ރަވީ ވަރްމާ އެޅި މިސްކިތެކެވެ. އަރަބި މުސްލިމުންނާއި އިންޑިއާ އާއި މެދުނުކެނޑި ކުރިޔަށްދިޔަ ވިޔަފާރީގެ ސަބަބުން އިންޑިއާގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި އިސްލާމްދީން ފެތުރެން ފެށިއެވެ. އެއީ އިންޑިއާއަށް ދިރިއުޅުން ބަދަލުކުރި މުސްލިމުންގެ ސަބަބުންނާއި އިންޑިއާގެ ރައްޔިތުން އިސްލާމްދީން ޤަބޫލުކުރަމުންދިއުމުންނެވެ.
މުޙައްމަދު ބިން ޤާސިމް.
އެންމެ ފުރަތަމަ ފަހަރަށް އިސްލާމްދީން އެންމެ ފުޅާކޮށް އިންޑިއާގައި ފެތުރިފައިވަނީ ދިމިޝްކުގައި އޮތް އުމަވީ ޚިލާފަތުގެ ވެރިކަމުގައެވެ. 711 ވަނަ އަހަރުގައި އުމަވީންގެ ބާރުގެ ދަށަށް ސިންދު ގެނައުމަށްޓަކައި ތާއިފުން 17 އަހަރުގެ މުޙައްމަދު ބިން ޤާސިމް އައްޔަންކުރެވުނެވެ. ސިންދަކީ މިހާރުގެ ޕާކިސްތާންއެވެ. މުޙައްމަދު ބިން ޤާސިމްގެ ބެލުމުގެ ދަށުން 6000 ސިފައިންގެ މީހުން މެކްރަންގެ ޕާސިއާ ގެ ދެކުނު ސަރަޙައްދަށް ދިޔައެވެ.
އިންޑިއާއަށް ދިޔަ މަގުމަތީ ކުޑަކޮށް ފަސްޖެހުނު ނަމަވެސް އިންޑިއާގެ ނެރުން ސިޓީގެ ބައެއް ކަމުގައިވާ އިންޑަސް ރިވާ ސަރަހައްދުގެ ބާރުލިބިފައިވާ ބުދިސްޓުން ގެ މަރުޚަބާ އެމަނިކުފާނަށް ލިބުނެވެ. އަދި އެއްވެސް ހަނގުރާމައަކާއި ނުލާ އެ ހިސާބުގެ ގިނަ ސިޓީ އޭރިއާތައް މުސްލިމުންގެ ބާރުގެ ދަށަށް އައެވެ. އަދި ބައެއް ފަހަރު ބުދިސްޓުންގެ މަދު ބަޔަކު މުސްލިމުން އަސްކަރިއްޔާގެ އަރިހަށް ގޮސް ހިންދޫ ގަވަރުނަރުންގެ އަނިޔާވެރިކަމުން ސަލާމަތާއި ރައްކާތެރިކަން ހޯދައިފާ ވެއެވެ.
ސިންދުގެ އާބާދިގެ ސަޕޯޓާއި އެއްބަސްވުންތަކާއި ދެކޮޅަށް އެ ސަރަހައްދުގެ ރަސްގެފާނު، ދާހިރު، އިސްލާމްދީން ފެތުރުނަ ނުދިނުމަށްޓަކާއި ތަފާތު ކަންކަންކޮށް، މުޙައްމަދު ބިން ޤާސިމްއާއި މުސްލިމް އަސްކަރިއްޔާއާ ދެކޮޅަށް ސިފައިން ފޮނުވިއެވެ. އަދި އިސްލާމްދީން ފެތުރުމަށް ކުރި މަސައްކަތް މަޑު ޖެހުނެވެ. މީލާދީން 712 ވަނަ އަހަރު، މުސްލިމް ސިފައިންނާއި ހިންދޫގެ ސިފައިން ހަނދުރާމަކޮށް މުސްލިމުންނަށް ކާމިޔާބު ލިބުނެވެ. އަދި ސިންދުވެސް މުސްލިމުންގެ ބާރުގެ ދަށަށް އައެވެ.
އެހެންނަމަވެސް ފާހަގަ ކޮށްލަންޖެހޭ ނުކުތާއަކީ ސިންދުގެ ރައްޔިތުން އިސްލާމްދީން ޤަބޫލުކުރީ މުސްލިމުންގެ ނުފޫޒަކުން ނޫނެވެ. ނުވިތާކަށް، ގިނަ މީހުން ދިރިއުޅެމުން އައި ވައްޓަފާޅިއަކަށް ބަދަލެއް ނާދެއެވެ. މުޙައްމަދު ބިން ޤާސިމް އެސަރަޙައްދުގައި އަމަން އަމާންކަން ހިފެހެއްޓުމަށް ވަޢުދުވިއެވެ. އަދި އޭނާގެ ބާރުވެރި ކަމުގެ ދަށުގައިވެސް ހިންދޫންނަށާއި ބުދިސްޓުންނަށް ދީނީ މިނިވަންކަން ލިއްބައިދިނެވެ. އެމަނިކުފާނު ދައްކުވާދިން ކެތްތެރިކަމާއި ، ހިތްތިރިކަމާއި ހަމަހަމަ ކަމުގެ ސަބަބުން، އެކި އެކި ސަރަޙައްދުގެ މީހުން އެމަނިކުފާނަށާއި ސިފައިންނަށް ސަލާމް ގަލާމްކޮށް ގުޅުން ބަދަހިކޮށްފައިވެއެވެ.
އިސްލާމްދީނަށް ބަދަލުވަމުންއައި ގޮތް.
އިންޑިއާގެ އެކި އެކި ސަރަހައްދުތަކަށް އިސްލާމްދީން ވަންނަމުން ދިޔައީ ކާމިޔާބުކަމާއި އެކީގައެވެ. ހަމަ ކުރިންވެސް އިސްލާމްދީން ފަތުރަމުން އައި ގޮތަށެވެ. ގަޒްނީގެ މަޙްމޫދާއި އާއި މުޙައްމަދު ތާލޫޤް ފަދަ ލީޑަރުން އިސްލާމްދީން ފަތުރަމުންދިޔައީ އިންޑިއާގެ މުޖުތަމަޢުއަށާއި އިންޑިއާގެ ރައްޔިތުން ޤަބޫލްކުރާ ދީނަށް ނުފޫޒު ފޯރުވުމެއް ނެތިއެވެ.
އިސްލާމްދީން އައުމުގެ ކުރިން މުޅި އިންޑިއާ ދެމިއޮތް “ކާސްޓް ސިސްޓަމް” ގެ ސަބަބުން މުޖުތަމަޢު ބައިބައި ވެފައެވެ. (ކާސްޓް ސިސްޓަމަކީ ހިންދޫންގެ އަޤީދާ އެކެވެ. ހިންދޫން އެބައިމީހުންގެ މި ބާތިލް އަޤީދާގައި ބުނާގޮތުން މީސްތަކުން ގިންތި ކުރެވި މަތިވެރިވެގެން އަންނަނީ އެމީހަކު އުފަންވާ ވަރުނާއަކަށް ނިސްބަތްވާ ގޮތެއްގެމަތިންނެވެ). އެހެންކަމުން އިސްލާމްދީނުގެ މަޢުލޫމާތު އަރުވާ ދީނަށް ވަނުމަށް ގޮވާލަމުން ދިޔައީ މަޑުމަޑުންނެވެ. ހަރުފަތަކަށް ފަހު ހަރުފަތެއް ކުރިއަށް ޖެހެމުންނެވެ. ތަފާތު އެކި ސަބަބު ތަކަށްޓަކައި މުޅި ކާސްޓްވެސް އިސްލާމްދީނަށް ބަދަލުވެދާނެވެ. އެހެންނަމަވެސް ކާސްޓް ސިސްޓަމްގައި އޮންނަ ރޭސިޒަމްއަށްވުރެ ބޮޑަށް ގިނަމީހުންގެ ޝައުޤުވެރިކަން ހުންނަނީ އިސްލާމްދީނުގައި ލިއްބައިދޭ ހަމަހަމަ ކަމަށެވެ. ކާސްޓް ސިސްޓަމްގައި ބުނާގޮތުން އުފަންވާ އާއިލާއެއްގެ ގޮތުން މުޖުތަމަޢުގައި ލިބިދޭ ދަރަޖަތަކާއި މަޤާމުތައް ތަފާތުވެއެވެ. ތިމާގެ މައިންބަފައިން ޙާސިލްކުރި މިންވަރަށްވުރެ އިތުރަށް ހާސިލްކުރުމުގެ ޙައްޤެއް ނުވަތަ އިތުރަށް ހާސިލްކުރުމުގެ ފުރުސަތެއް ނުލިބެއެވެ. މުޖުތަމަޢުގައި ހަމަހަމަ ކަމެއް ނޯވެއެވެ. އިސްލާމްވުމަށް ފަހު މުޖުމަތަމަޢުގެ އެންމެ އުސް ފަންތިއަށް ވާސިލްވުމުގެ ފުރުސަތާއި މިނިވަންކަން ލިބިދެއެވެ. ކާސްޓް ސިސްޓަމްގެ ވަބާއިން ސަލާމަތްވެއެވެ.
ބުދަށް އަޅުކަންކުރުމަކީ އިންޑިއާގެ އެކި އެކި ސަރަޙައްދުތަކުގައި އާންމުކޮށް ކުރާކަމެކެވެ. އެހެން ނަމަވެސް އިސްލާމްދީން ފޯރުވުމަށް ފަހު ބުދިސްޓުން ނެތެމުން ދިޔައެވެ. ކުރީޒަމާނުގައި ކާސްޓް ސިސްޓަމްގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންގެ ގިނަ އާބާދި ބޮޑެތި ސަރަހައްދުތަކަށް ބަދަލުވެ ބުދިޒަމްއަށް ތަބާވެއެވެ. އެހެންނަމަވެސް އިސްލާމްދީނަށް ވަނުމުގެ ފުރުސަތު ހުޅުވުނު ފަހުން، އިސްލާމްދީނުގެ މަޢުލޫމާތު ލިބެން ފެށުމުން ބުދިޒަމްއަށް ތަބާވުމުގެ ބަދަލުގައި އިސްލާމްދީން ޤަބޫލުކުރަން ފެށިއެވެ. ހަރުކަށިކަމާއި އެކު ބުދިޒަމް ނައްތާލަން މަސައްކަތްކުރިއޭ ބުނާބުނުން އެއީ ކަނޑައެޅިގެން ދޮގެކެވެ. މުސްލިމުންގެ ބާރުގެ ދަށުގައިވެސް ބުދިސްޓުން ދިރިއުޅުނެވެ. އަދި މުސްލިމުންގެ ނުފޫޒުގެ ބޭނުންކޮށްގެން ނުވަތަ ހަރުކަށިކަމާއި އަނިޔާވެރި ކަމާއިއެކު އެމީހުންނާއި ދެކޮޅަށް ކަންކުރިކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ.
އިންޑިއާގެ ގިނަ ބަޔަކަށް އިސްލާމްދީން ފޯރުވުމުގެ މައިގަނޑު ސަބަބަކަށް ޓީޗަރުންވެސް ވެފައި ވެއެވެ. މުސްލިމް ޢިލްމުވެރިން އިންޑިއާގެ އެކި އެކި ސަރަޙައްދުތަކަށް ދަތުރުކޮށް، އިސްލާމްދީނުގެ މަޢުލޫމާތު ފޯރުކޮށްދީ ދީނަށް ގޮވާލައްވާފައި ވެއެވެ. އަދި ދީނުގެ މައުލޫމާތު އެކިއެކި ސަރަހައްދުތަކަށް ފޯރުކޮށްދިނުމަކީ އެ ޢިލްމުވެރިންގެ މަޤްސަދަކަށް ވަނީވެފައެވެ. މި ޓީޗަރުންގެ ބުރަ މަސައްކަތުން އިންޑިއާގެ އެކި އެކި ސަރަޙައްދުތަކަށް އިސްލާމްދީން ފޯރުކޮށްދިނެވެ. މިމީހުން ކިޔަވާދެއްވަނީ މުސްލިމުމުންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަކަށް ނޫނެވެ. އަދި ހަމަ އެކަނި ފޯރާ މީހުންނަކަށް ނުމެނޫންމެއެވެ.
އިސްލާމްދީން ފެތުރިގެންދިޔާއީ ބާރުގެ ބޭނުންކޮށްގެންތަ؟
އިސްލާމްދީން ފެތުރުނީ އަނިޔާވެރިކަމާއި، ހަނގުރާމައާއި ގަދަބާރުންކަމަށް ވާނަމަ، އިންޑިއާގެ މުސްލިމުން މިއަދު ތިބޭނީ ހަމައެކަނި ދުނިޔޭގެ މުސްލިމު އެހެން ޤައުމުތަކާ ކައިރީގައެވެ. މިގޮތުން މި މުސްލިމުން އުޅޭނީ މި ސަބްކޮންޓިނެންޓްގެ ހުޅަނގު ސަރަހައްދުގައި އެކަންޔެވެ. އެހެންނަމަވެސް ހަޤީޤަގަތަކީ މުޅި ސަބްކޮންޓިނެންޓްގެ އެކި ހިސާބުތަކުގައި މުސްލިމުން ދިރިއުޅޭ ކަމެވެ. މިސާލަކަށް ބަލާނަމަ ބަންގްލާދޭޝްގެ 150 މިލިއަން މުސްލިމުން އުޅެނީ އިރުމަތީ ސަރަހައްދުތަކުގައެވެ. އިންޑިއާގެ ހިންދޫންގެ ބިމުގައި ދިރިއުޅޭ މުސްލިމުންނާއި މުޅީން ވަކީންނެވެ. އަދި މުސްލިމުންގެ ޖަމާޢަތެއް މިޔަންމާގެ ހުޅަނގު ސަރަހައްދުގައި އުޅެމުންދާއިރު، އިންޑިއާގެ މެދު ތެރޭގައާއި ސްރީލަންކާގެ އިރުމަތީ ސަރައްދުގަވެސް އުޅެއެވެ. މިގޮތަށް މުސްލިމުންގެ މީހުން އެކި ސަރައްދުގައި ދިރިއުޅުމީ އިންޑިއާގެ ސަރަހައްދުގައި އިސްލާމްދީން ފެތުރެމުންދާ ކަމުގެ ފުރިހަމަ ހެއްކެކެވެ. މުސްލިމުންގެ ސަރުކާރެއް އޮތަސް އަދި ނެތްނަމަވެސް މެއެވެ. އިސްލާމްދީން ފެތުރިފައިވަނީ އަނިޔާވެރިކަމާއި ގަދަބާރުންނަމަ، މިގޮތަށް މުސްލިމުންގެ ޖަމާޢަތްތަކެއް ނުއޮތީހެވެ.
ނިންމުން.
އިސްލާމްދީނަކީ އިންޑިއާގެ ބޮޑުބައެއް ރަމްޒުކޮށްދޭ ދީނެކެވެ. އަދި އިންޑިއާގެ ތާރީޚްގައި މައިގަނޑު ރޯލެއް އަދާކޮށްފައިވާ ދީނެކެވެ. މިއަދުގެ އިންޑިއާގެ ސަރަހައްދަށް ބަލާލައިފިނަމަ ތަފާތު ގައުމުތަކުގެ މީހުންނާއި ތަފާތު ދީނުގެ މީހުން ދިރިއުޅެއެވެ. އެހެންކަމުން މި ސަރަހައްދުގައި އިސްލާމްދީނަށް ދެވިފައިވާ މަޤާމް ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސިޔާސީ ގޮތުން ބުނަމުންދަނީ އިސްލާމްދީން މިސަރަހައްދަށް ވަންނަމުން ދަނީ މިއަދު ކަމަށާއި އެއީ އިންޑިއާ ސަރަހައްދުން ބޭރު މީހުން ޤަބޫލުކުރާ ދީނެއް ކަމެވެ. މިފަދަ ބުނުންތަކުގެ ތެދު މަޢުލޫމާތު ހޯދައި ފޯރުކޮއްދިނުމަކީ ނުލާހިކު މުހިއްމު ކަމެކެވެ. އިސްލާމްދީނަކީ އަމަންއަމާންކަން ދަމަހައްޓާ ހިތްތިރިކަމާއި ހިތްހެޔޮ ކަމަށް ބާރުއަޅާ ދީނެއް ކަމާއި އިސްލާމްދީން ޤަބޫލްކުރަނީ އަނިޔާވެރިކަމާއި އެކު ނުންކަން، އަދި އިންޑިއާ ސަރަހައްދުގައި އިސްލާމްދީން ފެތުރިފައިވަނީ ވެސް މިފަދަ ސަބަބުތަކާއި ހެދިކަން ޤަބޫލްކޮށް ހާމަކޮށްދޭން ޖެހޭނެއެވެ.
މަސްދަރު: ލޮސްޓްއިސްލާމިކްހިސްޓޮރީ.ކޮމް
ކޮމެންޓް (0)
ލޯޑް ކުރަމުން...