ހއ. އަތޮޅަށްކުރި ދަޢުވާ ދަތުރުގައި އެއްދުވަސްތެރޭގައި ޝައިޚް އާދަމް ޝަމީމްގެ ފަސްދަރުސެއް ބާއްވައިފިއެވެ.
އަލް އަޞްރުގެ ފަރާތުން އިންތިޒާމްކުރި މިދަތުރުގައި ޝައިޚް ހއ. ދިއްދޫއަށް ވަޑައިގަތީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. އެރޭވަނީ ދިއްދޫ ސްކޫލްގައި ނަމާދާއި ގުޅޭގޮތުން ދަރިވަރުންނާއި ބެލެނިވެރިންނަށް ދަރުސެއް ބާއްވާފައެވެ. ޖެހިގެން އަި ހުކުރުދުވަހުވެސް ވަނީ ތިން ދަންފަޅިއަކަށް ބަހާލައިގެން ނަމާދު ވޯރކް ޝޮޕްގެ 3 ވޯރކްޝޮޕް ބާއްވާފައެވެ. އަދި އެދުވަހު ވަނީ ހއ. އުތީމުގައި ހުކުރު ނަމާދަށްފަހު އެރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން އެރަށުގައިވެސް ދަރުސެއް ބާއްވާފައެވެ. އެދުވަހު އުތީމުގައި އިމާމްވެ ހުކުރު ކުރެއްވީވެސް ޝައިޚް ޝަމީމްއެވެ.
25 ޖެނުއަރީ ވީ ހޮނިހިރު ދުވަހު، ދިއްދޫގައި ނަމާދު ވޯރކްޝޮޕްގެ އިތުރު ސެޝަނެއް ނަންގަވައިދެއްވާ އަދި ޓީޗަރުންނަށް ޙާއްޞަ ސުވާލާއި ޖަވާބު ސެޝަނެއްވެސް ވަނީ ޝައިޚް ނަންގަވައި ދެއްވާފައެވެ.
މިދަތުރުގައި ދިއްދޫގެ އެމްޑީޕީ އަޣުލަބިއްޔަތު އޮންނަ ރަށު ކައުންސިލްއިންވަނީ ޝައިޚް ޝަމީމް ދިއްދޫގައި ހުކުރު ކުރުމުގެ ފުރުޞަތު ނުދީފައިކަމުގައި ދަތުރުގައި ބައިވެރިވި ފަރާތްތަކުން ދިއިސްލާމަށް މަޢުލޫމާތުދެއެވެ.
މިދަތުރު ނިންމާލައްވާ ޝައިޚް މާލެވަޑައިގަތީ ހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...