ދިއިސްލާމް ރާބިތަތު އުލަމާއުލް މުސްލިމީންގެ ވަފުދުގެ ބޭފުޅުން ދެއްވާ ދަރުސްތަކެއް އަސުރު ނަމާދު ފަހުގައި

ރާބިތަތު އުލަމާއުލް މުސްލިމީންގެ ވަފުދުގެ ބޭފުޅުން ދެއްވާ ދަރުސްތަކެއް އަސުރު ނަމާދު ފަހުގައި

ރާބިތަތު އުލަމާއުލް މުސްލިމީންގެ ވަފުދުގެ ބޭފުޅުން ދެއްވާ ދަރުސްތަކެއް އަސުރު ނަމާދު ފަހުގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބުދަދުވަހު ރާއްޖެ ވަޑައިގަތް ސައޫދި އަރަބިޔާގެ ރާބިތަތު އުލަމާއުލް މުސްލިމީންގެ ވަފުދުގެ ބޭފުޅުންދެއްވާ ދަރުސްތަކެއް މިއަދުގެ އަޞުރު ނަމާދުގެ ފަހުގައި މިސްކިތްތަކުގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިސްލާމިކް އެފެއަރޒް މިނިސްޓްރީއިން ނެރެފައިވާ ދަރުސް ތާވަލްގައިވާ ގޮތުން އަޞުރު ނަމާދުގެ ފަހުގައި އިސްލާމީ މަރުކަޒުގައި ދަރުސް ދެއްވާނީ ޑރ ޢުމަރުލް މުޤްބިލްއެވެ. ނޫރު މިސްކިތުގައި ޑރ ތުރުކީ ޔަމީމީ ދަރުސްދެއްވާއިރު ޖަލާލުއްދީން މިސްކިތުގައި ދަރުސް ދެއްވާނީ ޑރ ޒިޔާދުލް ޢާމިރް އެވެ. އަދި ފުރުޤާން މިސްކިތުގައި ދަރުސް ދެއްވާނީ އައްޝައިޚް ބަދުރު އަލްޢުމަރެވެ.

މިހުރިހާ ދަރުސްތަކެއްވެސް ދިވެހި ބަހުން ތަރުޖަމާކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއެވެ.

ސައޫދީ އަރަބިޔާއިން ޒިޔާރަތްކުރެއްވި މިވަފުދުގައި ހިމެނެނީ ރާބިތަތު އުލަމާއު މުސްލިމީންގެ ރައީސް އަދި ސައުދިއަރަބިޔާގެ ކީރިތި ޤްރުއާނާއިބެހޭ އިލްމު ފަތުރާ މަޖިލީީހުގެ ރައީސް ޕްރޮފެސަރ ފަޟީލަތުއްޝައިޚް ނާޞިރު ބިން ސުލައިމާން އަލްޢުމަރު އާއި އެމަނިކުފާނުގެ އަރިއަހުގައި ވަޑައިގަތްނެވި 11 ބޭފުޅުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.