ދިއިސްލާމް ޝައިޚް ވަލީދުގެ ދަރުސް މިރޭ

ޝައިޚް ވަލީދުގެ ދަރުސް މިރޭ

ޝައިޚް ވަލީދުގެ ދަރުސް މިރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކެނެޑާގެ މަޝްހޫރު ދާޢީ ޝައިޚް ވަލީދް އަބްދުލް ހަކީމް ރާއްޖޭގައި ދެއްވާ ފުރަތަމަ ދަރުސް މިރޭ ވިލިމާލޭގައި އޮންނާނެއެވެ.

ވިލިމާލޭގައި ދަރުސް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ ޕީސް ފައުންޑޭޝަންއިން ހާމަކުރާ ގޮތުގައި މިރޭ ވިލިމާލެ ބޯޅަދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:45 ގައެވެ.

” ލީޑަރޝިޕް އިން ޕްރޮފެޓްސް ލައިފް ” މިމަޢުޟޫއަށް ދިނުމަށް ހަމަޖެހިފައިވާ ދަރުސަށް ވީހާވެސް ގިނަބަޔަކު ހާޟިރުވުމަށް ޕީސް ފައުންޑޭޝަންއިން އެދެއެވެ.

މިރޭގެ ދަރުސް އެއެވެސް ޓީވީ ޗެނަލްއަކުން ލައިވް ކުރާގޮތަށް ހަމަޖެހިފައި ނުވާ ކަމަށާއި ނަމަވެސް ދަރުސްގެ ރެކޯރޑިން ވީޓީވީއިން ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް ޕީސް ފައުންޑޭޝަންއިން ހާމަކުރެއެވެ.

ޝައިޚް ވަލީދު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.