ދިއިސްލާމް ރާއްޖޭގެ ފުރަތަމަ އިސްލާމިކް ރިސޯރޓް ހުޅުވަނީ

ރާއްޖޭގެ ފުރަތަމަ އިސްލާމިކް ރިސޯރޓް ހުޅުވަނީ

ރާއްޖޭގެ ފުރަތަމަ އިސްލާމިކް ރިސޯރޓް ހުޅުވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތުރުކީގެ ކެޕްރިސް ގޯލްޑް ކުންފުންޏާއި ގުޅިގެން ރާއްޖޭގެ ފުރަތަމަ އިސްލާމިކް ރިސޯރޓް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އޭޑީކޭ ކުންފުނިން ސޮއިކޮށްފިއެވެ.

ށ. ގާކޮށިބީގައި ތަރައްޤީކުރާ މިރިސޯރޓަށް ކެޕްރިސް ގޯލްޑްއިން 170 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމާފަވެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އޭޑީކޭ ގްރޫޕްގެ ފަރާތުން އެތަނުގެ ވެރިޔާ އަހުމަދު ނާޝިދު ވިދާޅުވީ އިސްލާމިކް ރިސޯޓް ކޮންސެޕްޓް ރާއްޖެއަށް ކިތަންމެ އާ ނަމަވެސް އެ މޮޑެލް ކާމިޔާބު ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށާއި ށ.ގާކޮށިބީގައި ތަރައްޤީކުރާ ރިސޯރޓް ދެ ގޮތަކުން ހާއްސަވާ ކަމަށެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު ރިސޯރޓަށް ވުމުގެ އިތުރުން ރާއްޖޭގައި ހުޅުވާ ފުރަތަމަ އިސްލާމިކް ރިސޯރޓަށް ވުމެވެ.

އޭޑީކޭ ކުންފުނިން މިހާރުވެސް % 70 ތަރައްޤީކޮށްފައިވާ ގާކޮށިބީގައި ހަދާ ރިސޯރޓްގައި އަންހެނުންނަށް ހާއްސަ ގޮނޑުދޮށާއި ދެ ޖިންސުގެ މީހުންނަށް ވަކިން ވިލާތަކާއި ޕޫލްތައް ހުންނާނެ އެވެ. އަދި އެ ރިސޯޓްގައި ރަލެއް ނުވިއްކާނެ ކަމަށާއި ހަލާލް ސާޓިފައިޑް ބުފޭ 24 ގަޑިއިރު އެ ރިސޯޓްގެ ހަތަރު ރެސްޓޯރަންޓަކުން ލިބޭން ހުންނާނެ ކަމަށް އެފަރާތުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.