ކުނި ކޮށީގެ ފާރު ފުރުޤާން މިސްކިތާއި ދިމާއިން ވެއްޓިއްޖެއެވެ.
ފުރުޤާން މިސްކިތާއި ޖެހިގެން ހުރި ކުނިކޮށީގައި ދާދިފަހުން އަލިފާން ރޯވުމާއި ގުޅިގެން އެތަން ސާފުކުރަން ހައިމާކެއް ވައްދަން އުޅުމުގެ ތެރޭގައި ކުނިކޮށީގެ އިންފާރު ފުރުޤާން މިސްކިތާއި ވީފަޅިއަށް ވަނީ ވެއްޓިފައެވެ.
ފާރު ވެއްޓި ފުރުޤާން މިސްކިތާއި ވީފަޅިއަށް ގާތައް ބުރައިގެން ގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ. އިއްޔެ ހެނދުނު 11 ޖެހިއިރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވެއެވެ. އަދި މިސްކިތަށްވެސް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ކުނި ކޮށީގެ ފާރު ވެއްޓުމުގެ ސަބަބުން ކުނިކޮށީގެ ވަހާއި މެހީގެ ސަބަބުން ނަމާދަށް އަންނަ މީހުންނަށް އުނދަގޫތައް ވަނީ ކުރިމަތިލާންޖެހިފައެވެ.
މިސްކިތާއި ވީ ފަރާތު ފާރު ވެއްޓިފައިވާކަން ކަމާއި ބެހޭ ފަރާތްތަކަށް އަންގާފައިވީނަމަވެސް މިހާތަނަށް އެއްވެސް ފިޔަވާޅެއް އަޅާފައެއްނުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...