އައްޑޫ ނުރުލްއިސްލާމް ޖަމިއްޔާއާއި ސުޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ޤާއިމު ކުރެވިފައިވާ މަރްކަޒުލް ފުރްޤާން ލިތަޢުލީމިލް ޤުރްއާން އަދި މަރަދޫ ތަދްރީސުލް ޤުރްއާން ގުޅިގެން ޢިލްމީ ކޯސްތަކެއް ހިންގަމުން އެބަދެއެވެ.
މިމަހުގެ 19 އިން 22 އަށް ހިންގަމުން ގެންދާ މިކޯސްތަކުގެ ތެރޭގައި ހިމެނެނީ ވާހަކަ ދެއްކުމާއި މީހުންނާއި މުޢާމަލާތު ކުރުމުގެ ހުނަރު ދަސްކޮށްދޭ ކޯހަކާއި، އަލިފުބާ ކިޔަވައިދޭނެ މުދައްރިސުން ތަމްރީނު ކުރާ ކޯހަކާއި، އަދި ޢަޤީދާގެ ކޯހެކެވެ.
މިކޯސްތަކުގައި ކިޔަވައި ދެއްވަނީ ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ޢިލްމުވެރި ބޭފުޅުންކަމަށް ނޫރުލްއިސްލާމް ޖަމިއްޔާއިން ހާމަކުރެއެވެ.
މިކޯސްތައް ހިންގެވުމަށް މަރްކަޒުލް ފުރްޤާން އިން ވަޑައިގެންނެވި 6 ބޭފުޅުންގެ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ، ޔަމަނާއި ސުޢޫދީ ޢަރަބިއްޔާގެ ޢިލްމުވެރި ބޭފުޅުންނެވެ. އަދި މި ވަފްދުގެ އިސްބޭފުޅެއްގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގަންނަވަނީ، މައްކާގެ އުއްމުލްޤުރާ ޔުނިވާސިޓީގެ ލެކްޗަރާރ އެކެވެ.
މިކޯސްތައް ފުރިހަމަ ކުރައްވާ ބޭފުޅުންނަށް މަރްކަޒުލް ފުރްޤާންގެ ފަރާތުން ސެޓްފިކެޓް އެރުވުމަށް ހަމަޖެހިފައިވާ ކަމަށް ނޫރުލްއިސްލާމް ޖަމިއްޔާއިން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...