ރާއްޖޭގެ ޚަބަރު ޖަމްއިއްޔަތުއްސަލަފުގެ 2014 ވަނަ އަހަރުގެ އިވެންޓް ކަލަންޑަރު ތަޢާރަފު ކޮށްފި

ޖަމްއިއްޔަތުއްސަލަފުގެ 2014 ވަނަ އަހަރުގެ އިވެންޓް ކަލަންޑަރު ތަޢާރަފު ކޮށްފި

ޖަމްއިއްޔަތުއްސަލަފުގެ 2014 ވަނަ އަހަރުގެ އިވެންޓް ކަލަންޑަރު ތަޢާރަފު ކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޖަމްއިއްޔަތުއްސަލަފުގެ 2014 ވަނަ އަހަރުގެ އިވެންޓް ކަލަންޑަރު ތަޢާރަފު ކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓާރގެ ސެމިނާ ރޫމްގައި ބޭއްވި ބައްދަލުވުމުގައި ޖަމްއިއްޔަތުއްސަލަފުގެ 2014 ވަނަ އަހަރުގެ އިވެންޓް ކަލަންޑަރު ތަޢާރަފުކޮށްދެއްވީ އެޖަމިއްޔާގެ ޖެނެރަލް ސެކެޓްރީ އަލްއަޚް މުޙައްމަދު ޞަބާޙު އެވެ. މި ބައްދަލުވުމުގައި ޖަމްޢިއްޔަތުއްސަލަފުގެ ހިންގާކޮމިޓީގެ މެންބަރުންގެ އިތުރުން ޒުވާނުންގެ ތެރެއިން ޖަމްޢިއްޔާގެ ޙަރަކާތްތަކަށް އެހީތެރިކަންދޭ އަޚުންނާއި އުޚްތުން ބައިވެރިވެފައިވެއެވެ.

އިވެންޓް ކަލަންޑަރާއި ބެހޭ ގޮތުން އެބައްދަލުވުމުގައި ޖަމްޢިއްޔަތުއްސަލަފު އިން ހާމަކުރިގޮތުގައި "ކުރިޔަށް އޮތް އަހަރުގެ ތެރޭގައި، ޢާއްމުނަން ބާއްވާ ދަރުސްތަކުގެ އިތުރުން ވޯކްޝޮޕް، ސްކޫލްތަކުގެ މަތީ ގުރޭޑްތަކުގެ ދަރިވަރުންނަށް ހުޅުވާލެވިގެން ހިންގަން ކަނޑައަޅާފައިވާ ޕުރޮގުރާމްތައް ކުރިއަށް ގެންދާނެ"ކަމަށެވެ. އަދި ކުޑަކުދިންނަށް ހިންގާ އިވެންޓެއްގެ ގޮތުގައި "ސަލަފްސް ނޫން"ގެ ނަމުގައި ހާއްސަ އިވެންޓެއް އޮންނާނެ ކަމަށެވެ.

އެޖަމިއްޔާއިން އިތުރަށް ހާމަކުރި ގޮތުގައި "ރަމަޟާންމަހަށް ޚާއްޞަކުރެވިގެން ތައްޔާރު ކުރެމުގެ މަސައްކަތް ކުރެވެމުންދާ ޓީވީ ޕުރޮގުރާމްތަކާއި، އަދި ލީފްލެޓް ލިޔެ ޝާއިޢުކުރުމުގެ ޕުރޮގުރާމުގެ އިތުރުން ޒަކާތު ފޯރަމްއެއް އެކަމުގެ ފަންނީ ދާއިރާތަކަށް ހުޅުވާލައިގެން ބޭއްވުމަށްވެސް އިންތިޒާމް ކުރެވިފައިވާ"ކަމަށެވެ.

2014 ވަނަ އަހަރު "ދަކޯލް" އިންޓަނޭޝަނަލް އިވެންޓެއް ބޭއްވުމަށް ކަނޑައެޅިފައިވާކަމަށްވެސް ޖަމިއްޔަތުއްސަލަފް އިން ވަނީ މިބައްދަލުވުމުގައި އިއުލާންކޮށްފައެވެ. އަދި "ހިޖްރަ" ކޭމްޕުވެސް ބޭއްވުމަށް ކަނޑައެޅިފައިވާ ކަމުގައިވެސް ޖަމްޢިއްޔާއިންވަނީ ހާމަކޮށްފައެވެ.
ޖަމްޢިއްޔަތުއްސަލަފުގެ އިވެންޓް ކަލަންޑަރު ތައާރަފްކުރުމަށް ބޭއްވި މިބައްދަލުވުމުގައި އެޖަމިއްޔާގެ ރައީސް އައްޝައިޚް ޢަބްދު ﷲ ބިން މުޙައްމަދު އިބްރާހީމް އާއި ޖަމްޢިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވަމުންގެންދަވާ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމުވެސް ބައިވެރިވެލެއްވިއެވެ. އަދި މީގެ އިތުރުން ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ ކޮމިޓީގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް އާއި އެޖަމިއްޔާގެ ނައިބު ރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީވެސް ބައްދަލުވުމުގައި ބައިވެރިވެ ވާހަކަ ދެއްކެވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.