ރާއްޖޭގެ ޚަބަރު "ވާ އުންމަތާ!" ގެ ނަމުގައި އައްޑޫގައި ދަރުސްއެއް ބާއްވަނީ

"ވާ އުންމަތާ!" ގެ ނަމުގައި އައްޑޫގައި ދަރުސްއެއް ބާއްވަނީ

"ވާ އުންމަތާ!" ގެ ނަމުގައި އައްޑޫގައި ދަރުސްއެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ވާ އުންމަތާ!" ގެ ނަމުގައި އައްޑޫގައި ދަރުސްއެއް ބާއްވަން ހަމަޖެހިއްޖެއެވެ.

އައްޑޫގެ މަދަނީ ޖަމިއްޔާއެއްކަމުގައިވާ ނޫރުލްއިސްލާމް އާއި ފޭދޫގެ ޒުވާނުން އިންތިޒާމް ކުރާ މިދަރުސް އަކީ ސޫރިޔާގެ މުސްލިމުންނަށް އެހީވުމަށް ރާއްޖޭގައި ކުރިއަށް ގެންދާ ފަންޑަށް އެހީ ހޯދުމަށް އެހީތެރިވުމުގެ ގޮތުން ބާއްވާ ފަންޑެއް ކަމަށް ދަރުސް އިންތިޒާމް ކުރާ ފަރާތުން ހާމަކުރެއެވެ.

"ވާ އުންމަތާ" މިނަމުގައި ބާއްވާ މިދަރުސްގައި ތަޤްރީރް ކުރައްވާނީ އައްޝައިޚް މުޙައްމަދު ޝަމްޢޫން ގެ އިތުރުން އައްޝައިޚް ޙަސަން ލަތީފް މޫސާ އެވެ. ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ 11 ޖެނުއަރީ 2014 ވަނަ ދުވަހު ގެ ރޭ 8:30 ގައި ފޭދޫ ސްކޫލްގައެވެ.

ދަރުސް ބޭއްވުމުގައި އިސްކޮށް އުޅޭ ފަރާތަކުން ހާމަ ކުރި ގޮތުގައި "2 ޝެއިޚުން ދަރުސް ދެއްވާ ގޮތަށް ވަނީ ހަމަޖެހިފައި. ދަރުސް ދެމުން ދާއިރު ސީރިއާ ފަންޑުގެ ފޮށިތައް ބެހެއްޓިފައިވާނެ. ޓީޝާޓް ވިއްކުންވެސް ކުރިއަށް ގެންދާނެ."ކަމަށެވެ. އަދި އެފަރާތުން ހާމަކުރި ގޮތުގައި "ހެލްޕް ސީރިއާ ކެމްޕެއިން ގެ އިތުރު ކަންތައް ތަކެއްވެސް ރާވަމުންދާ"ކަމަށެވެ.

މި އިވެންޓްއަށް ފޭދޫގެ ވީހާވެސް ގިނަ ބަޔަކު ހާޒިރުވެ އެހީތެރިވެ ދިނުމަށް އިވެންޓް އިންތިޒާމް ކުރާ ފަރާތުން އިލްތިމާސް ކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.