ފުރަތަމަ މަރުހަލާ އަކީ މަހުން އުފައްދާ ބާވަތްތަކުގައި ހަލާލު ލޯގޯ ޖެހުންކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ "ފުރަތަމަ މަރުހަލާގަ އަޅުގަނޑުމެން ގަސްތުކޮށްފަ މިވަނީ މަހުން އުފައްދާ ބާވަތްތަކުގަ، ރާއްޖެއިން ބޭރުކުރާ މަހުން އުފައްދާ ބާވަތްތަކުގަ އެކަނި ހަލާލު ލޯގޯ ޖެހުމަށް،" ކަމަށެވެ. އަދި އިސްލާމިކް މިނިސްޓަރ އިތުރަށް ވިދާޅުވީ "ހަލާލު ސްޓެފިކެޓު ރާއްޖެއަށް ތައާރަފްވުމަކީ ރާއްޖޭގެ ކަނޑުމަހުގެ ވިޔަފާރިއަށް އައި ވަރަށް ބޮޑު ރަނގަޅު ހެޔޮ އިންގިލާބެއް"ކަމަށާއި "މި ގަވާއިދު ގެޒެޓުކޮށްފައިވާ ދުވަހުން ފެށިގެން ގަވާއިދަށް އަމަލު ކުރަން ޖެހޭ"ކަމަށެވެ.
ހަލާލު ސެޓްފިކެޓު ދޫކުރުމާއި ގުޅޭ ގަވާއިދު ގެޒެޓް ކުރީ 30 ޑިސެމްބަރު 2013 ވަނަ ދުވަހުއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...