މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީގައި ހިންގުމައްހަމަޖެހިފައިވާ އިމާމުންނާއި ޚަތީބުން ތަމްމީންކުރުމުގެ ކޯހެއް ކުރިޔައްގެންދިޔުމައް ވާންޖެހޭތައްޔާރީތައް މިނިސްޓްރި އޮފް އިސްލާމިކް އެފެއާޒް އިން ކުރިޔައްދާކަމަށް ހަބަރު ލިބިއްޖެވެ.
މިކޯހުގައި ބައިވެރިވުމަށް ހުޅުވަލެއްވިކަން އިއުލާން ކުރައްވާ ނެރުއްވެވި އިއުލާނުގައި ވާގޮތުން އިއްޔެއަކީ ފޯމް ހުށަހެޅުމުގެ ފަހުދުވަހެވެ. އަދި ފޯމް ހުށަހެޅުއްވި ފަރާތްތަކުގެ ތެރޭން ފުރުސަތު ދެއްވޭނީ ޖުމްލަ 5 ފަރާތަކަށެވެ. އަދި ބައިވެރިން ހަމަޖައްސާއިރު އަރަބިބަސް އެނގޭ މިންވަރަށާއި ތައުލީމީ ފެންވަރަށް ބައްލަވާނެކަމަށްވެސް އިއުލާނުގައިވެއެވެ. މިކަމުގައި ބައިވެރިވާ ފަރާތްތަކުގެ ހުރުމާއި ކެއުމުގެ ހަރަދުތައް އަލް އަޒްހަރުގެ ފަރާތުން ހަމަޖައްސާއިރު ޓިކެޓް ހޯދުމަށް ހަމަޖެހިފައިވަނީ ބައިވެރިން އަމިއްލަފުޅަށްކަންވެސް މި އިއުލާނުގައިވެއެވެ.
މިނިސްޓްރި އޮފްއިސްލާމިކް އެފެއާޒް އިންދަނީ ތާފާތު ގައުމުތަކުން އިމާމުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވައިދެއްވަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...