އައްޝައިޚް އަލީ އާދަމްގެ ދަރުސްއެއް މިރޭ ބަންޑާރަ މިސްކިތުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިދަރުސްއަކީ މުސްލިމުންގެ ގުޅުމުގެ ފަރާތުން ސިލްސިލާކޮށް ކޮންމެ ބުރާސްފަތި ދުވަހެއްގެރޭ ބަންޑާރަ މިސްކިތުގައި ކުރިއަށްގެންދާ ދަރުސްތަކުގެ ތެރެއިން ދަރުސްއެކެވެ. މިރޭގެ ދަރުސްވެސް ދިނުމަށް ހަމަޖެހިފައިވަނީ އިޝާ ނަމާދަށް ފަހުގައި ކަމަށް މުސްލިމުންގެ ގުޅުމުން ހާމަކުރެއެވެ.
މުސްލިމުންގެ ގުޅުމުން ކުރިއަށްގެންދާ މިދަރުސް ސިލްސިލާއަކީ މީގެ 28 އަހަރު ކުރިން ފެށިގެން ކުރިއަށް ގެންދާ ދަރުސް ސިލްސިލާއެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...