ރާއްޖޭގެ ޚަބަރު 13 ފަރާތަކަށް ޢުމްރާއަށް މީހުންގެން ދިއުމުގެ ހުއްދަ ދީފި

13 ފަރާތަކަށް ޢުމްރާއަށް މީހުންގެން ދިއުމުގެ ހުއްދަ ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

13 ފަރާތަކަށް ޢުމްރާއަށް މީހުންގެން ދިއުމުގެ ހުއްދަ ދީފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފައިވާގޮތުގައި 15 ފަރާތަކުން ހުއްދައަށް އެދިފައިވިނަމަވެސް ހުއްދަ ދީފައިވަނީ 13 ފަރާތަކަށެވެ. ހުއްދަ ދީފައިވާ ފަރާތްތަކަކީ،1-  ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް 2-  އަލްމަނާސިކް 3-  އައްސަފާ ޙައްޖު އެންޑް ޢުމްރާ 4- ތައިސީރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް 5-  އަލްފަތުޙު ޙައްޖު ޢުމްރާ ގްރޫޕް 6-  ކްލެސިކް ޓްރެވަލް މޯލްޑިވްސް 7-  ޖަމާޢަތު ހުދާ ލިލްޙައްޖު ވަލްޢުމްރާ 8-  މީޤާތު ޙައްޖު ޢުމްރާ 9-  އެސް.ބީ.ޓީ ޙައްޖު ޢުމްރާ ގްރޫޕް 10-  އަލްޚައިރު ޙައްޖު އެންޑް ޢުމްރާ 11-  މަލީޝާ ޙައްޖު އެންޑް ސަރވިސަސް 12-   އައްތައުބާ ލިލްޙައްޖު ވަލްޢުމްރާ 13-  އަތަމާ ޙައްޖު ގްރޫޕް އަށެވެ.

އިސްލާމިކް މިނިސްޓްރީއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޖަމާއަތްތަކަށް ހުއްދަ ދީފައިވާއިރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ޓެގް

ޙައްޖު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.