މެލޭޝިޔާގައި ހުންނަ މަދީނާ އިންޓަރނޭޝަނަލް ޔުނިވަރސިޓީއަށް އިސްލާމިކް އެފެއާރޒް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ޒިޔާރަތްކުރައްވައިފިއެވެ.
ޑރ ޝަހީމްގެ މިޒިޔާރަތަކީ އެޔުނިވަރސިޓީގެ ރައީސް މުޙައްމަދު ބިން ޚަލީފާގެ ދައުވަތަކަށް ކުރެއްވި ޒިޔާރަތެކެވެ. މި ބައްދަލުވުމުގައި މަދީނާ އިންޓަރނޭޝަނަލް ޔުނިވަރސިޓީއިން ދިވެހި ދަރިވަރުންނަށް ތައުލީމް އުނގެނޭނެ ލުއި ގޮތްތަކެއް ހޯދައި ދިނުމަށް މަޝްވަރާ ކުރެއްވިއެވެ.
ޑރ ޝަހީމް މެލޭޝިޔާއަށް ކުރެއްވި މިދަތުރުފުޅަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...