އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިޔާއަށް އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ޒިޔާރަތްކުރައްވައިފިއެވެ.
ޑރ ޝަހީމްގެ މިޒިޔާރަތުގައި އެޔުނިވަރސިޓީގެ ރެކްޓަރ އަދި އެތާގެ އިސްވެރިންނާއި ބައްދަލުކުރެއްވިއެވެ. މިބައްދަލުވުމުގައި އެޔުނިވަރސިޓީގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ގޮތްތަކެއް ހައްދަވައިދެއްވުމަށް މިނިސްޓަރ އެދިލެއްވިއެވެ. އަދި އެކަމާމެދު މަޝްވަރާކުރައްވާނެކަމަށް ޔުނިވަރސިޓީގެ ރެކްޓަރ ވިދާޅުވިކަމަށް ޑރ ޝަހީމްގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވެއެވެ.
ޑރ ޝަހީމް މެލޭޝިޔާއަށް ކުރެއްވި މިދަތުރުފުޅަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...