"ޚައިރު ޒާދު" ނަމުގައި ޕީސްފައުންޑޭޝަންއިން މިރޭ ބޭއްވުމަށް ހަޖެހިފައިވާ ދަރުސް ވީޓީވީއިން ލައިވް ކުރާގޮތަށް ހަމަޖެހިއްޖެއެވެ.
ޕީސްފައުންޑޭޝަންގެ ރަސްމީ ފޭސްބުކް ޕޭޖްގައިވަނީ ހުކުރުދުވަހުގެރޭ ވިލިނގިލީ ބޯޅަދަނޑުގައި ބޭއްމަށް ހަމަޖެހިފައިވާ "ޚައިރު ޒާދު" އެންމެ މޮޅު ކޮއްތު ދަރުސް ވީޓީވީއިން ލައިވްކުރާނެ ކަމަށެވެ.
މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް ދެއްވާނީ އައްޝައިޚް މުޙައްމަދު ޝަމްޢޫންއެވެ.
ރޭގަނޑު 8:45 ގައި ފެށުމަށް ހަމަޖެހިފައިވާ ދަރުސްއަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަކީ
ޕީސްފައުންޑޭޝަންގެ ވަރަށް ބޮޑު އެދުމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...