އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމްގެ ދަރުސެއް ތ.ވޭމަންޑޫގައި ބާއްވައިފިއެވެ.
"ފަސާދަ އާއި ދުރުހެލިވުން" ނަމުގައި ބޭއްވި މިދަރުސްއަކީ ވޭމަންޑޫ ޖަމިއްޔަތުލް އިޚްވާންއިން އިންތިޒާމް ކޮށްގެން ބޭއްވި ދަރުސްއެކެވެ.
ދަރުސް ދެއްވަމުން ޝައިޚް އާދަމް ޝަމީމް ވިދާޅުވީ ފަސާދަ ބިމުގައި އާއްމުވެފައިވަނީ އިންސާނުން ބިމުގައި ކުރާ ފާފައިގެ ސަބަބުންކަމަށާއި ﷲ ސުބްހާނަހޫ ވަތަޢާލާ އިންސާނުންނަށް މުސީބާތް ކުރިމަތި ކުރައްވަނީ އިންސާނުން ހައްޤަށް ރުޖޫޢަވޭތޯ ކަމަށެވެ. އަދި އެންމެ ބޮޑު ފަސާދައަކީ އަޅާއާއި އަޅުގެވެރި އިލާހާއި ދޭތެރޭ އެޅޭ ހުރަސްކަމަށާއި މާތް ﷲ ފޮތް ބާވައިލެއްވުމުގެ ޚިކުމަތަކީ އިންސާނުން އިންސާނުންގެ އަޅުވެތި ކަމުން ނެރެދެއްވުމުގެ ޚިކުމަތުގައި ކަމަށެވެ.
ޖަމިއްޔަތުލް އިޚްވާންއިން ވޭމަންޑޫގެ ރައްޔިތުންނަށް ބާއްވާ ނަމާދު ވޯރކޮޝޮޕްއެއްވެސް މިއަދު ޝައިޚް ޝަމީމް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް އެޖަމިއްޔާއިން ދިއިސްލާމްއަށް މައުލޫމާތު ދެއްވައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...