ދިއިސްލާމް އަންނަ ހަފްތާ ތެރޭގައި ހަލާލް ސެޓްފިކެޓް ދޫކުރަން ފަށަނީ

އަންނަ ހަފްތާ ތެރޭގައި ހަލާލް ސެޓްފިކެޓް ދޫކުރަން ފަށަނީ

އަންނަ ހަފްތާ ތެރޭގައި ހަލާލް ސެޓްފިކެޓް ދޫކުރަން ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކަށް ހަލާލް ސެޓްފިކެޓް ދޫކުރުމުގެ ކަންތައްތައް އަންނަ ހަފުތާގައި ފެށޭނެ ކަމަށް އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން އިތުރަށް މައުލޫމާތު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ ހަލާލު ސެޓްފިކެޓާ ބެހޭ ގަވައިދު އެކުލަވާލައި އެޓާނީ ޖެނެރަލްގެ އޮފީހުން ފާސްކޮށް ގެޒެޓް ކުރުމަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

އިތުރަށް ޑރ ޝަހީމް ވިދާޅުވީ ރާއްޖޭގެ މަހުގެ އުފެއްދުންތަކުގައި ހަލާލް ލޯގޯ ޖެހުމުގެ ސަބަބުން ރާއްޖެއިން އެކްސްޕޯރޓްކުރާ މަހުގެ އުފެއްދުންތައް އިސްލާމީ ގައުމުތަކަށް އެތެރެކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށާއި އަދި އިސްލާމީ ގައުމުތަކުގެ އިތުރުން ހުޅަނގުގެ ބައެއް ގިނަ ގައުމުތަކުގައި ވެސް ހަލާލު މާކެޓަކީ ވަރަށް ފުޅާކޮށް ކުރިއަރަމުން އަންނަ މާކެޓެއް ކަމަށެވެ. އެގޮތުން އިސްލާމުންގެ މެޖޯރިޓީ ނޯންނަ ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށްވެސް މިމާކެޓަކީ މުހިއްމު މާކެޓެއް ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.