ދިއިސްލާމް ދޮންދޫނި ޕްރިސްކޫލްއަށް މުދައްރިސުން ހޯދުމަށް އިޢުލާން ކޮށްފި

ދޮންދޫނި ޕްރިސްކޫލްއަށް މުދައްރިސުން ހޯދުމަށް އިޢުލާން ކޮށްފި

ދޮންދޫނި ޕްރިސްކޫލްއަށް މުދައްރިސުން ހޯދުމަށް އިޢުލާން ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދޮންދޫނި ލިޓިލް ލާރނާރސް ޕްރިސްކޫލްއަށް މުދައްރިސުން ހޯދުމަށް އިޢުލާންކޮށްފިއެވެ.

ދޮންދޫނި ޕްރިސްކޫލްއިން ކޮށްފައިވާ އިޢުލާނެއްގައިވަނީ އެސްކޫލަށް އަންހެން މުދައްރިސެއްގެ އިތުރުން އަންހެން ޤުރުއާން މުދައްރިސެއް ބޭނުންވާ ކަމަށެވެ. އެގޮތުން ޤުރުއާން މުދައްރިސްކަމަށް ކުރިމަތިލާ ފަރާތެއް، ޤާރީ ކޯސް ނުވަތަ ޤުރުއާން މުދައްރިސް ކަމުގެ ކޯހުން ސެޓްފިކެޓް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތެއްކަމަށް ވާންޖެހޭނެ ކަމަށާއި މުދައްރިސް ކަމަށް ކުރިމަތިލާ ފަރާތަކީ އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަންގެ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ ނުވަތަ އޯލެވެލް ހިސާބު އަދި އިނގިރޭސިން ދަށްވެގެން ސީފާސް ލިބިފައިވާ ފަރާތްތަކަށް ވާންޖެހެއެވެ.

މިމަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ޑިސެމްބަރ މަހުގެ 31 ގެ ކުރިން ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި އައިޑީކާޑުގެ ކޮޕީއާއެކު ދޮންދޫނި ޕްރިސްކޫލް ހިންގާ ގ.އަންބަރީގެއަށް ސިޓީ ފޮނުއްވުމަށް އިޢުލާނުގައި ވެއެވެ. އަދި މެއިލް ކުރަން ބޭނުންވާ ފަރާތްތަކުން [email protected] މެއިލް ކުރުމަށްވެސް އެފަރާތުން އެދިލައްވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.