ދިއިސްލާމް ސީއެންއެމްގެ ލިޔުމަކަށް އެމްއެންޑީއެފް އިން ރައްދު ދީފި

ސީއެންއެމްގެ ލިޔުމަކަށް އެމްއެންޑީއެފް އިން ރައްދު ދީފި

ސީއެންއެމްގެ ލިޔުމަކަށް އެމްއެންޑީއެފް އިން ރައްދު ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އޮންލައިން ނޫހެއްކަމަށްވާ ސީއެންއެމްގައި ޝާއިޢު ކޮށްފައިވާ، "ދިވެހި އަސްކަރިއްޔާއާއި ދީނީ ޖަމާއަތްތައް ކޮރަޕްޓް ލިސްޓުގައި" މިސުރުޚީގެ ދަށުން ދިވެހި އަސްކަރިއްޔާއާއި ބެހޭގޮތުން ލިޔެފައިވާ ލިޔުމާއި ގުޅިގެން އެމްއެންޑީއެފް އިން އެކަމަށް ރައްދު ދެއްވައިފިއެވެ.

އެމްއެންޑީއެފްއިން ނެރުނު ނޫސްބަޔާނެއްގައިވަނީ އެލިޔުމުގައި ވާގޮތުން ރާއްޖޭގެ ކޮރަޕްޓް މުއައްސަސާތަކުގެ ލިސްޓުގައި ދިވެހި އަސްކަރިއްޔާ ހިމެނިފައިވަނީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އާއި ޓްރާންސްޕޭރަންސީގެ ވަކި ޖަމާއަތްތައް ގުޅިގެން ކަނޑައެޅިފައިވާ އަދަދެއްގެ މީހުންނަށް ފޯނުން ގުޅައިގެން ހަދާފައިވާ ސާވޭ އަކާއި ޙަވާލާދީ ކަމަށާއި މިއީ ތަފާތު މީހުންގެ ވާހަކައިން ހޯދާފައިވާ މަޢުލޫމާތުތަކެއްގެ މައްޗަށް ހަދާފައިވާ ސާވޭ އަކަށްވުމާއެކު މިއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ސާވޭއެއްކަމަކަށް ޤަބޫލު ނުކުރާ ކަމަށެވެ.

އިތުރަށް މިނޫސްބަޔާނުގައިވަނީ ދިވެހި އަސްކަރިއްޔާއަކީ ފަޚުރުވެރި މާޒީއެއް އޮތް ބައެއްކަމަށާއި އަސްކަރިއްޔާގެ ކޮންމެ ސިފައިންގެ މީހަކީވެސް ޤައުމީ ޚިދުމަތުގައި ނަފުސަށްވުރެ ޤައުމު އިސްކޮށްގެން، ހިތާއި ރޫޙުން މަސައްކަތް ކުރަމުންދާ ބަޔަކު އުޅެމުންދާ މުއައްސަސާ އަކަށްވުމާއެކު، މުއައްސަސާގެ އަގު ވައްޓާލައި، މުއައްސަސާގެ އިތުބާރު ގެއްލުވާލައި، ރައްޔިތުންގެ ހިތްތަކުގައި އަސްކަރިއްޔާއާއި މެދު ނަފުރަތާއި ނުތަނަވަސްކަން އުފެއްދުމަށްޓަކައި ކުރަމުންދާ މިބާވަތުގެ މަސައްކަތް ކުށްވެރިކުރާކަމަށެވެ.

އަދި މިބާވަތުގެ އަސާސެއް ނެތް ވާހަކަ ނޫސްވެރިކަމުގެ ތެރެއިން ރައްޔިތުންނާއި ހަމައަށް ގެނެސްދޭއިރު، ކަމުގެ ޙަޤީޤަތް ބަލަންވާ ވަރަށް ނުބަލާ ގެނެސްދިނުމަކީ ނޫސްވެރިކަމުގެ ޒިންމާދާރުކަން ކުޑަ ޢަމަލެއްކަމަށް ދެކި، މިކަންކަން ކުރިމަގުގައި ނުކުރުމަށް ސީއެންއެމްއަށް އިލްތިމާސްކޮށްފައިވެއެވެ.

ސީއެންއެމްގައި  ޝާއިއުކޮށްފައިވާ ލިޔުމުގައިވަނީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއާއި ޓްރާންސްޕޭރެންސީގެ ވަކި ޖަމާއަތްތައް ގުޅިގެން އެކުލަވާލަމުން އަންނަ “ގްލޯބަލް ކޮރަޕްޝަން ބެރޯމީޓާ ސާވޭ”ގެ ރާއްޖޭގެ ކޮރަޕްޓް މުއައްސަސާތަކުގެ ލިސްޓުގައި އަސްކަރިއްޔާއާއި ދީނީ ޖަމާއަތްތައް ހިމެނިފައިވާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.