މަސްތުވާތަކެތިހުރި 5 ސެލޯފިންކޮޅާއިއެކު ރ.ދުވާފަރުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިމީހާ ހައްޔަރުކޮށްފައިވަނީ އާއްމު ފަރާތަކުން ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިޑިސެމްބަރ މަހުގެ 8 ވަނަދުވަހުގެ 19:00 ހާއިރު ރ.ދުވާފަރުންނެވެ.
މަސްތުވާތަކެތިހުރި 5 ސެލޯފިންކޮޅުގެ ތެރެއިން އެއް ސެލޯފިންކޮޅު ފެނިފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިވަގުތު އޭނާގެ ފައި ކައިރިން ބިންމައްޗަށް ވައްޓާލައިފައިވަނިކޮށް ކަމަށާއި އަނެއް 4 ސެލޯފިންކޮޅު ފެނިފައިވަނީ އޭނާ ދިރިއުޅެމުންދާ ކޮޓަރި ބަލައިފާސްކުރިކުރުމުން އެކޮޓަރިތެރޭގައި ހުރި ކަބަޑެއްގެ މަތީގައި ހުރި ފޮށި ގަނޑެއްގެ ތެރެއިން ކަމަށް ފުލުހުން ހާމަކުރެއެވެ.
އުމުރުން 20 އަހަރުގެ މިފިރިހެންމީހާއަކީ މަސްތުވާތަކެތީގެ ރެކޯރޑް އޮންނަ މީހެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...