އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމްގެ ދަރުސެއް ރ.ކިނޮޅަހުގައި ބާއްވައިފިއެވެ.
"ފަހަށް ރައްކާކުރުން" މިމަޢުޟޫއަށްދިން މި ދަރުސްގައި އިންސާނުން މި ދުނިޔެ މަތީގައި އުޅުމުގެ ބޭނުމާ މި ދުނިޔެ މަތީގައި އުޅުމަށް ފަހު ފަހަށް ގެންދާން ހުރި އެއްޗަކާ، ފަހަށް އެއްޗެހި ރައްކާތެރިކުރުމަށް ޢަމަލު ކުރަން ޖެހޭ ގޮތް ވަނީ ބަޔާން ކޮށްދެއްވާފައެވެ.
ސުވާލާއި ޖަވާބު ސެޝަނަކާއެކު ކުރިއަށް ގެންދިޔަ މިދަރުސް އަޑުއެހުމަށް ކިނޮޅަހުގެ ގިނަ އަދަދެއްގެ ރައްޔިތުން ހާޟިރުވިއެވެ.
މިދަރުސްއަކީ ކިނޮޅަހު ކައުންސިލްއާއި ކިނޮޅަހު އަދާލަތު ޕާޓީ ގޮފި ގުޅިގެން ކުރިއަށްގެންދިޔަ ދަރުސްއެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...