2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖްލިސްގެ އިންތިހާބުގައި އިނގުރައިދޫ ދާއިރާއަށް ވާދަކުރައްވާނެކަމަށް އުސްތާޛް އަލީ ޒާޙިރު ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ ތަރުޖަމާނުކަން ކުރައްވަމުންދާ އަލީ ޒާހިރު އިނގުރައިދޫ ދާއިރާއަށް ވާދަކުރައްވާނެކަމަށް އިއުލާނު ކުރައްވާފައިވަނީ މިއަދު އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ.
އުސްތާޛް އަލީ ޒާޙިރުއަކީ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން އިސްލާމީ ޝަރީޢާއިން ޑިގްރީ ހައްދަވާފައިވާ އަދި މެލޭޝިޔާ އިސްލާމިކް ޔުނިވަރސިޓީއިން ކޮމްޕަރޭޓިވް ލޯ އިން މާސްޓަރސް ހައްދަވާފައިވާ ބޭފުޅެކެވެ.
އުސްތާޛް އަލީ ޒާހިރު ރައްޔިތުން މަޖްލިސް އިނގުރައިދޫ ދާއިރާއަށް ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައިވާއިރު، އަދާލަތު ޕާޓިގެ ޢިލްމުވެރިންގެ މަޖްލިސްގެ ނައިބް ރައީސް ޑރ މުޙައްމަދު އިޔާޟް އަބްދުލްލަތީފް ވެސް ވަނީ ރައްޔިތުންގެ މަޖްލިސްގެ ހުޅުހެންވޭރު ދާއިރާއަށް ކުރިމަތިލައްވާނެ ކަމަށް އިޢުލާން ކުރައްވާފައެވެ. މިފަހަރުގެ މަޖްލިސް އިންތިހާބުގައި އާދާލަތު ފާޓީއިން 32 ގޮނޑިއަށް ވާދަކުރައްވާނެކަމަށް އެޕާޓީއިން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...