ދިއިސްލާމް ދައުލަތުގެ ދީނަކީ އިސްލާމްދީންކަން އޮތުމަކީ ޝަޚުޞީ ރުކުނެއް: ޑރ ޝަހީމް

ދައުލަތުގެ ދީނަކީ އިސްލާމްދީންކަން އޮތުމަކީ ޝަޚުޞީ ރުކުނެއް: ޑރ ޝަހީމް

ދައުލަތުގެ ދީނަކީ އިސްލާމްދީންކަން އޮތުމަކީ ޝަޚުޞީ ރުކުނެއް: ޑރ ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި ދައުލަތުގެ ދީނާކީ އިސްލާމްދީންކަން ޤާނޫނު އަސާސީގައި ބަޔާންވެފައި އޮތުމަކީ ދިވެހި ދައުލަތުގެ ޝަޚްޞީ ރުކުނެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕޮރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޑރ ޝަހީމް ވިދާޅުވީ ރާއްޖޭގައި އޮންނަން ފެންނަނީ އިސްލާމް ދީންތޯ ނުވަތަ ނޫންތޯ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ފަދަ ކަމެއް ކުރުމަކީ އެމަނިކުފާނު ތާއީދު ކުރައްވާނެ ކަމެއް ނޫން ކަމަށާއި ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކޮށް އެހެން ދީންތަކަށް ރާއްޖެއިން ފުރުޞަތު ނުދިނުމަށް ޤާނޫނު އަސާސީގައި ބަޔާންކުރެވިފައިވާ އެއްވެސް މާއްދާއަކަށް އެއްވެސް ބަދަލެއް ގެންނަން މަސައްކަތް ކުރުމަށް އެމަނިކުފާނު ތާއީދު ނުކުރައްވާނެ ކަމަށެވެ.

އިތުރަށް ޑރ ޝަހީމް ވިދާޅުވީ މީގެ 900 ވަރަކަށް އަހަރު ކުރިން ދިވެހިން އިސްލާމް ދީން ޤަބޫލުކުރީންސުރެ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށްވުމުން އެކަމުގައި ރައްޔިތުންގެ ވެސް އަދި އެހެން ފަރާތެއްގެ ވެސް ޚިޔާލު ހޯދަން މަސައްކަތްކުރުމަކީ އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.