ޅ. ނައިފަރުގެ ކައުންސިލްއިން އެރަށުގެ މިސްކިތު އިމާމުންނަށް ދޭންޖެހޭ އިތުރުގަޑީގެ ފައިސާ ނުދޭކަމަށް ބުނެ، ނައިފަރު މަސްޖިދު ތަޤްވާގައި ބާއްވަން އުޅުނު ޝައިޚް މުޙައްމަދު މޫސާގެ ދަރުސް އެމިސްކިތުގެ އިމާމް ހުއްޓުވައިފިއެވެ.
ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން ނައިފަރުން ވާހަކަދެއްކި ފަރާތަކުން ވިދާޅުވީ ޝައިޚް މުޙައްމަދު މޫސާގެ ދަރުސްތަކަކީ ކޮންމެ ހުކުރު ދުވަހެއްގެރޭ މަސްޖިދް ތަޤްވާގައި ސިލްސިލާކޮށް ބާއްވާމުން ގެންދާ ދަރުސްތަކެއް ކަމަށާއި ނަމަވެސް ރޭގައި ބާއްވަން އުޅުނުދަރުސްއަށް މިސްކިތުގެ އިމާމު ސައުންޑް ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އަދި ސައުންޑަށް އެދުމުން ކައުންސިލުން ދޭންވާ އިތުރު ގަޑީގެ ފައިސާ ދީފައި ނުވުމުގެ ސަބަބުން ސައުންޑް ދިނުމަށް ދެވެން ނެތް ވާހަކަ މިސްކިތުގެ އިމާމް ބުނެފައިވާ ކަމަށް ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން އެފަރާތުން ވިދާޅުވިއެވެ.
އައްޝައިޚް މުޙައްމަދު މޫސާއަކީ ދައުވާ ފައުންޑޭޝަންގެ އެއް މުއައްސިސްއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...