ދިއިސްލާމް ތައުލީމީ ދާއިރާއަށް އެއްލައްކަ ރުފިޔާގެ ލޯން ސްކީމެއް އިސްލާމިކް ބޭންކުން ތައާރަފްކޮށްފި

ތައުލީމީ ދާއިރާއަށް އެއްލައްކަ ރުފިޔާގެ ލޯން ސްކީމެއް އިސްލާމިކް ބޭންކުން ތައާރަފްކޮށްފި

ތައުލީމީ ދާއިރާއަށް އެއްލައްކަ ރުފިޔާގެ ލޯން ސްކީމެއް އިސްލާމިކް ބޭންކުން ތައާރަފްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގުޅިގެން ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ކޮންމެ ފަރާތަކަށް އެއްލައްކަ ރުފިޔާގެ ތަކެތި ކްރެޑިޓަށް ނެގޭ ލޯން ސްކީމެއް ތައާރަފްކޮށްފި އެވެ.

މިލޯން ސްކީމްގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއައިބީގެ މާކެޓިންގް އެންޑް ސޭލްސްގެ ހެޑް، މުހައްމަދު ޝަފާއު ހަސަން ވިދާޅުވީ މިސްކީމުގެ ދަށުން އެބޭފުޅަކު ބޭނުންވާ އެއްޗެއް ބެންކުން ގަތުމަށްފަހު ފައިދާއަކާއި އެކު އެބޭފުޅަކަށް ވިއްކާލަނީ ކަމަށާއި މިސްކީމްގައި ފައިސާ ދޫކުރުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

ޝަފާއު އިތުރަށް ވިދާޅުވީ ރާއްޖޭގައި ހުރި އެހެން ސްކީމްތަކަށްވުރެ މިސްކީމުގެ ދަށުން ދޫކުރާ މުދަލުގެ އަގު ހެޔޮވާނެ ކަމަށާއި އަދި އެސްކީމުގެ ދަށުން މުދާ ދޫކުރާއިރު ކޮންމެ މުވައްޒަފަކަށްވެސް ވަކި ލިމިޓެއް އޮންނާނެ ކަމަށެވެ. އަދި މުދާ ދޫކުރެވޭނީ އެމީހެއްގެ މުސާރައަށް ބަލާފައި ކަމަށް ވެސް ޝަފާއު ވިދާޅުވިއެވެ.

އެމްއައިބީއިން ހާމަކުރާ ގޮތުގައި މިސްކީމްގެ ދަށުން ގޭތެރެއަށް ބޭނުންވާ ފަރުނީޗަރާއި ދުއްވާ އެއްޗިއްސާއި ކޮންސްޓްރަކްޝަން މެޓީރިއަލްސް ފަދަ ތަކެތި ނެގޭނެކަމަށާއި ސްކީމަށް އަނބުރާ ފައިސާ ދައްކާއިރު ފައިދާއެއް ބެންކަށްވާ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް ފައިދާގެ ގޮތުގައި ނަގާނީ އިސްލާމީ ޝަރީއަތް ހުއްދަ ކުރާ މިންވަރަކަށް ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.