އެކަނިވެރި މައިންނަށްދޭ ފައިސާ ކައިވެނިކުރާ ފަހުންވެސް ބައެއް ފަރާތްތަކަށް ދެމުން ގޮސްފައިވާ ކަމަށް 2011 ވަނަ އަހަރުގެ ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯރޓުން ދައްކައިފިއެވެ.
އޮޑިޓަރ ޖެނެރަލް އިއްޔެ ނެރުއްވި މިރިޕޯރޓްގައިވާ ގޮތުން ކައިވެނިކުރާ ފަހުންވެސް އެކަނިވެރި މައިންގެ ފައިސާ ދީފައިވާކަމަށާއި އެގޮތުން މާލެއިން އެފައިސާ ލިބެމުންދިޔަ ފަރާތްތަކުގެ ތެރެއިން، 88 ފަރާތެއް ކައިވެނި ކުރިފަހުންވެސް އެފަރާތްތަކަށް އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވާކަމަށާއި އަދި އަތޮޅުތަކުގެ ރަށް ރަށުގެ ތެރެއިން ހޮވާލައިގެން ބެލުނު 13 ރަށުގެ ތެރެއިން 59 ފަރާތަކަށް ކައިވެނި ކުރިފަހުންވެސް ތިންލައްކަ ރުފިޔާއާއި ކައިރިއަށް ހަރަދުކޮށްފައިވާކަމަށެވެ.
މިކަމާއި ގުޅިގެން އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވަނީ ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މެނުވީ އެއްވެސް ފަރާތަކަށް ފައިސާ ނުލިބޭނެގޮތަށް އެންމެހައި އިންތިޒާމްތައް ހަމަޖައްސާ، އިދާރީގޮތުން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުމަށް ފަހުގައި މެނުވީ މިފައިސާ ދޫނުކުރުމަށެވެ. އަދި އެކަނިވެރި މަޔަކަށްވީތީ ފައިސާ ލިބެމުންދާ މީހަކު ކައިވެނިކޮށް، އެމައުލޫމާތު އެންސްޕާއަށް ނުދީ އެފައިސާ ނަގާނަމަ އެފަރާތަކާއިމެދު ގާނޫނީ ފިޔަވަޅު އެޅޭނެ އޮނިގަނޑެއް ގާއިމްކޮށް، އެފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެކަން ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެންގެވުމަށްވެސް ރިޕޯޓްގައި އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...