ރާއްޖޭގެ ޚަބަރު ޙިރާ ސްކޫލަށް 2014 ވަނައަހަރަށް ޓީޗަރުންނާއި އެޑްމިން އޮފިސަރުން ހޯދުމަށް އިޢުލާން ކޮށްފި

ޙިރާ ސްކޫލަށް 2014 ވަނައަހަރަށް ޓީޗަރުންނާއި އެޑްމިން އޮފިސަރުން ހޯދުމަށް އިޢުލާން ކޮށްފި

ޙިރާ ސްކޫލަށް 2014 ވަނައަހަރަށް ޓީޗަރުންނާއި އެޑްމިން އޮފިސަރުން ހޯދުމަށް އިޢުލާން ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޒަމާނީ ތަޢުލީމު ދިނުމުގައި، ކާމިޔާބު ތަޖުރިބާތަކެއް ކުރަމުންދާ ޙިރާ ސްކޫލަށް ޓީޗަރުން ހޯދުމަށް އިޢުލާން ކޮށްފިއެވެ.

މިމަހުގެ 10 ވަނަ ދުވަހު އެސްކޫލުން ކޮށްފައިވާ އިޢުލާނެއްގައި ވާގޮތުން، އެސްކޫލަށް 2014 ވަނައަހަރަށް ޕްރައިމަރީ އަދި ޕްރީސްކޫލް ޓީޗިންގ ހަދާފައިވާ، މަސައްކަތުގައި ގިނަވަގުތު ހޭދަކުރެވޭނެ ހީވާގި ޓީޗަރުން ބޭނުންވެއެވެ.

ދިއިސްލާމަށް މައުލޫމާތު ދެއްވަމުން، ހިރާ ސްކޫލްގެ އޮފިޝަލަކު ވިދާޅުވީ، ޕްރައިމަރީ އަދި ޕްރީ ސްކޫލްގެ ޓީޗަރުންގެ އިތުރަށް އޭލެވެލް އިމްތިޙާނު ހަދާފައިވާ ބޭފުޅުންނަށް އެސިސްޓެންޓް ޓީޗަރު ކަމުގެ، މަޤާމަށްވެސް ފުރުޞަތު ހުޅުވާލެވިފައިވެއެވެ. އަދި މީގެ އިތުރުން ސްކޫލަށް އެޑްމިން އޮފިސަރުންގެ މަޤާމަށާއި، މަސައްކަތު މީހުންގެ މަޤާމަށްވެސް ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ. ޓީޗަރު ކަމާއި، އެސިސްޓެންޓް ޓީޗަރުކަމުގެ ވަޒީފާއަށް ކުރިމަތިލާން އެދޭ ފަރާތްތަކުން، ޙިރާ ސްކޫލްގެ އޮފީހުން ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފޯމު ހޯއްދަވައި، އެ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީއާއި، އައިޑީކާޑުގެ ކޮޕީއާއެކު، 28 ނޮވެމްބަރ 2013 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ޙިރާ ސްކޫލްގެ އޮފީހަށް ހުށަހެޅުއްވުމަށް އިޢުލާނުގައި ވެއެވެ.

ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ޙިރާ ސްކޫލްގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ. އައްޑޫސިޓީ ހިތަދޫގައި ޙިރާ ފައުންޑޭޝަނުން ހިންގާ ޙިރާ ސްކޫލަކީ، ޢާއްމުންގެ މަޤުބޫލުކަން ވަރަށްވެސް ބޮޑަށް ހޯދާފައިވާ ސްކޫލެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.